މުއުމިނުންގެ ކިބައިގައި ހުންނާނެ ބައެއް ސިފަތައް: 2

ކިޔުމަށް ހޭދަވާނީ 3މ 16ސ
މުއުމިނުންގެ ކިބައިގައި ހުންނާނެ ބައެއް ސިފަތައް: 2

ފާޠިމަތު ނަޢީޝާ

 

މުއުމިނުންގެ ކިބައިގައި ހުންނާނެ ބައެއް ސިފަތައް: (2) 

ފާޠިމަތު ނަޢީޝާ 

ރަނގަޅަށް ވިސްނައިފިނަމަ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އިންސާނުންގެ ކިބައިގައި ހުންނަންޖެހޭ ހުރިހާ ރަނގަޅު ސިފަތަކެއް ހުރުމަކީ ކޮންމެ މުއްމިނެއްގެ މައްޗަށްވެސް ވާޖިބުވެގެންވާ ކަމެކެވެ. އެހެންވެ މިލިޔުމުގައިވެސް މި ބަޔާންކުރަނީ މުއްމިނުންގެ ކިބައިގައި ހުންނަންޖެހޭނެ ބައެއް ސިފަތަކެވެ.

1. އާއިލީ ގުޅުން ދެމެހެއްޓުން:

"ތެދުވެރިކަމަކީ ހަމައެކަނި އިރުމަތި ފަރާތަށް ނުވަތަ ހުޅަނގު ފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރުމެއްނޫނެވެ. އެހެނެއްކަމަކު، ހެޔޮކަންކުރާ މީހާއީ ﷲ އަށާއި އާޚިރަތްދުވަހަށާއި، މަލާއިކަތުންނަށާއި، ފޮތަށާއި ނަބިއްޔުންނަށް އީމާންވިމީހާއެވެ. އަދި މުދަލުގެ މައްޗައް ލޯބިހުރުމާއިއެކުވެސް ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި މިސްކީނުންނަށާއި، ދަތުރުވެރިންނަށާއި އެހީއަށްއެދި ސުވާލުކުރާ މީހުންނަށާއި އަޅުން މިނިވަންކުރުމުގައި މުދާ ހޭދަކުރާ މީހާއެވެ..." (2:177)

2. މައިންވަފައިންނަށް ހެޔޮކޮށްހިތުން:

"އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނު ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވާ އެންގެވިއެވެ. އެދެމީހުންކުރެ އެކަކު، ނުވަތަ އެދެމީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާއި ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުއްފުވެސް ނުބުނާށެވެ! އަދި އެދެމީހުންނަށް އަޑުލައިނުހަދާށެވެ! އަދި މާތްބަހަކުން އެދެމީހުންނަށް ބަސްބުނާށެވެ!" (17:23)

3. ދަތުރުވެރިންނަށާއި ފަޤީރުންނަށް ހެޔޮކޮށްހިތުން:

" ފަހެ، ތިމާގެމީހާއަށާއި، މިސްކީނުންނަށާއި، ދަތުރުވެރިޔާއަށާއި މިއިން ކޮންމެ މީހަކަށް އެމީހެއްގެ ޙައްޤުދޭށެވެ! ﷲ ގެ ވަޖުޙުފުޅު އެދިގެން އުޅޭ މީހުންނަށް އެގޮތް ހެޔޮކަން ބޮޑެވެ. އަދި، ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ." (30:38)

4. އަވަށްޓެރިންނަށް ކަމޭހިތުމާއި ޔަތީމުންނަށް ހެޔޮކޮށްހިތުން:

"ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އަދި އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކަނުކުރާށެވެ! އަދި މައިންބަފައިންނަށާއި،  ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާޔަށްފެނި ބޮޑާވެގެން އުޅޭ މީހަކުކަމުގައިވެއްޖެ މީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއްނުވެތެވެ." (4:36)

5. މަޢާފުކުރުމާއި މީހުންނާ ދޭތެރޭ އެއްވެސް ހިތްބުރަކަމެއް ނުބޭއްވުން:

"ކަލޭގެފާނު ޢަފޫކުރެއްވުމުގައި ހިއްޕަވާށެވެ! އަދި ހެޔޮކަންތައްތަކަށް ޢަމުރުކުރައްވާށެވެ! އަދި ޖާހިލުންނާއި އެއްކިބާވެ ވަޑައިގަންނަވާށެވެ!" (7:199)

6. އިންސާފުވެރިވުމާއި ހުރިހާ ކަމެއްގައިވެސް ހަމަހަމަކަން ޤާއިމުކުރުން:

"ރަނގަޅުގޮތުން މެނުވީ ތިޔަބައިމީހުން ޔަތީމުންގެ މުދަލާއި ގާތްނުވާށެވެ! އެކުދިން ބޮޑުވެ ތަޞައްރަފު ފުދިއްޖައުމަށްދާންދެނެވެ. އަދި ތިޔަބައިމީހުން މިނުމާޢި، ކިރުން އިންޞާފުވެރި ގޮތުން ފުރިހަމަކުރާށެވެ!" (6:152)

7. ކުރެވިފައިވާ ނުބައި ޢަމަލުތަކުގެ ބަދަލުގައި ހެޔޮ ޢަމަލުތައްކުރުން:

"އަދި ދުވާލުގެ ދެކޮޅުގައްޔާއި، ރޭގަނޑުން ބައެއްގައި ކަލޭގެފާނު ނަމާދު ޤާއިމުކުރައްވާށެވެ! ހަމަކަށަވަރުން، ހެޔޮކަންތައް ނުބައިކަންތައް ނެތިކޮށްލަތެވެ. އެއީ ހަނދާންކުރާ ބަޔަކަށް ވައުޛަކާއި ނަޞޭޙަތެކެވެ." (11:114)

8. ބެލުން ތިރިކުރުން:

"މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި އެއުރެންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި ޠާހިރުކަން ބޮޑެވެ. ހަމަކަށަވަރުން، ﷲ އީ އެއުރެންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (24:30)

9. ހިތްހެޔޮކަން:

"ދެން އީމާންވެ، އަދި ކެތްތެރިވުމަށް އެކަކު  އަނެކަކަށް ވަޞިއްޔަތްކޮށް އަދި މިސްކީނުންނަށް ރަޙުމަތް ބެއްހެއްޓުމަށް އެކަކު އަނެކަކަށް ވަޞިއްޔަތްކޮށް އުޅުނުމީހުންގެ ތެރެއިން އެއުރެންވާނެތެވެ. ކަނާތްފަރާތުގެ މީހުންނީ، އެއުރެންނެވެ."

(90:17-18)

10. ރުޅިމަޑުކުރުން:

"އެއުރެންނީ، ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި މުދާ ހޭދަކޮށް އުޅޭމީހުންނެވެ. އަދި ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." (3:134)

https://lifewithallah.com/articles/quran/quranic-qualities/

މިއަދު އޮންލައިން