ފަރުވާކުރުމުންވެސް ދެމަފިރިންނަށް އެއްދާން ނުކުރެވޭނަމަ ޢަމަލުކުރަން އޮތް ގޮތް-: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ފަރުވާކުރުމުންވެސް ދެމަފިރިންނަށް އެއްދާން ނުކުރެވޭނަމަ ޢަމަލުކުރަން އޮތް ގޮތް-: ޑރ. އިޔާޟް

އަޅުގަނޑު މީހާއަކާއި އިނދެގެން އުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް އަދިވެސް އަޅުގަނޑުމެންނަށް ދެމަފިރިކަމުގެ ގުޅުން ނުހިންގެއެވެ. ދެން އަޅުގަނޑު ހަދާނީ ކިހިނެއްތޯއެވެ؟ 

ޑޮކްޓަރުންގެ ލަފާވެސް ހޯދިއްޖެއެވެ. އެހެންނަމަވެސް އެއީ އަލަށް އެކަން ކުރާތީކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ. ނަމަވެސް މިހާރު ފަސް ވަރަކަށް އަހަރު ވެފައި ވުމާއި އެކުވެސް މިކަމަށް އެއްވެސް ހައްލެއް ނައުމުން އަޅުގަނޑު މިވަނީ ނާއުއްމީދުވެފައެވެ.ދެން އަޅުގަނޑު ހަދަންވީ ކިހިނެއްތޯއެވެ؟

އަދި އަޅުގަނޑަށް އަޑު އިވިފައިވާ ގޮތުގައި ޖިމާޢު ނުވެ ހަމަސްވެއްޖެ ނަމަ އެމީހަކު ވަރިވާނެއެވެ. މިއީ ތެދެއްތޯއެވެ؟ އެހެންކަމަށްވާނަމަ ޖިމާޢު ނުވިއަސް އެހެން ގޮތަކަށް އެދުން ފުއްދުމުން އެކަން ހަމަޖެހޭނެތޯއެވެ؟  

ޖިމާޢު ނުވެ ހަމަސްވުމުން ވަރިވާނެ ކަމަށް މީހުންބުނެ އުޅޭ ވާހަކަ އަކީ ރަގަޅު ވާހަކަ އެއް ނޫނެވެ. އެހެންނަމަވެސް، ކައިވެނީގެ އެންމެ އިސް އެއް މަގްޞަދަކީ ދެމަފިރިންވެސް ޢިއްފަތްތެރިވުން ކަމަށްވީތީ ޖިމާޢުވުމުގައި ދަތިތަކެއް ހުރެ، ޑޮކްޓަރަށް ދައްކައިގެންވެސް ޙައްލުނުވެއްޖެނަމަ ދެން އޮތީ ދެމަފިރިން ވަކިވުމެވެ. ޖިމާޢު ނުވެވޭ ޙާލަތުގައިވެސް އަމިއްލަ އަށް އެދުން ފުއްދުމަކީ ހުއްދަ ކަމެއް ނޫނެވެ. އެހެންނަމަވެސް ފިރިމީޙާގެ އަތުން އަނބިމީހާގެ އެދުން ފުއްދައި ދިނުމަކީ ހުއްދަ ކަމެކެވެ. ހަމައެފަދައިން އަނބިމީހާގެ އަތުން ފިރިމީހާގެ އެދުން ފުއްދައި ދިނުމަކީވެސް ހުއްދަ ކަމެކެވެ. والله أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން