"މާތްﷲ ރުއްސުންލެއްވި އަބްދުﷲ ބުނު ޢުމަރު ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلّي الله عليه وسلّم ހަދީޘްފުޅު ކުރެއްވިއެވެ.
من وصل صفاّ وصله الله ومن قطع صفاّ قطعه الله عزّ وجل (رواه احمد, وابوداود…..)
މާނައީ: ސަފެއް ގުޅުވައި ފުރިހަމަކޮށްފިމީހާ ﷲ އެކަލާންގެ ރަޙުމަތުން އޭނާ ގުޅުވާލައްވާނެއެވެ. އަދި ސަފެއް ކަނޑައިލައިފި މީހާ (އެބަހީ ސަފަކުން ބައެއް އުނިވުމުން އެތަން ފުރިހަމަ ނުކޮށްފިމީހާ) ﷲ އެކަލާންގެ ރަޙުމަތުން އޭނާ މަހުރޫމް ކުރައްވާނެއެވެ."
ނަމާދަށް ސަފުތައް ތަރުތީބުކުރަން ގޮވާލައްވާއިރު ބައެއް އިމާމުން މި ޙަދީޘްފުޅުމަތިން ހަނދުމަކޮށްލައިދީ ގާތްގާތުގައި ތިބެގެން ސަފުތައް ހަދަން ބާރުއަޅައެވެ. ސުންނަތް ބުނެދީ ސުންނަތަށް ޢަމަލުކުރުވަން މަސައްކަތްކުރާ އިމާމުންގެ މަސައްކަތުގައި ބަރަކާތް ލައްވަވާށި!" އާމީން
"(ނަމާދުގެ ސަފަކުން ޖާގައެއް ހުސްވެއްޖެނަމަ) އެސަފުން ހުސްވި ތަންކޮޅު ސަފުގައި ތިބިމީހުން ކައިރިކައިރިއަށް ޖެހި ބައްދާލާނީއެވެ. އަދި އެގޮތަށް ހަރަކާތް ކުރުމަކުން އެބައިމީހުންގެ ނަމާދަކަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ. ސަފުގައިވާ ހުސްތަން ފުރުމަށް އަޅާ ފިޔަވަޅަކީ އިންސާނާއަށް އެޅޭ އެންމެ ހެޔޮ ފިޔަވަޅުކަމުގައި ވެއެވެ."
- މަޢްލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް