ކަންބޮޑުވާންޖެހޭ ހިނދު އެކަން މީހުންނަށް ނުދައްކައި، ހިއްޞާވެސް ނުކޮށް ހަމައެކަނި ﷲ އަށް ދަންނަވާ މީހުންގެ ދުޢާ ޢިޖަބަކުރައްވަވާނެ!: އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކަންބޮޑުވާންޖެހޭ ހިނދު އެކަން މީހުންނަށް ނުދައްކައި، ހިއްޞާވެސް ނުކޮށް ހަމައެކަނި ﷲ އަށް ދަންނަވާ މީހުންގެ ދުޢާ ޢިޖަބަކުރައްވަވާނެ!: އިން ޝާ ﷲ

އެކި މީހުން އުޅޭނީ އެކި ގޮތަށެވެ. ކަންކަން ކުރާނީވެސް އެކި ގޮތަށެވެ. ބައެއް މީހުން އެމީހުންނަށް ކަމެއް ކިރިޔާ ދިމާވާއިރަށް ތިމާ މިހުރީ ވަރަށް ބޮޑު ކަންބޮޑުވުމެއްގައިކަން އެހެން މީޙުންނަށް އަންގައެވެ. އުންމީދުކުރެވިފައި އޮންނަނީ އެގޮތަށް ކަންތައް ކުރުމުން ތިމާގެ ކަންބޮޑުވުންތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ.

ގިނަ ފަހަރަށް ކަންތައް މެދުވެރިވާގޮތް މުޅިން ތަފާތެވެ. އަނެކާ ހުރީ ކަންބޮޑުވުމެއްގައިކަން އެނގުމުން އެހީތެރިވުމުގެ ބަދަލުގައި ގިނަ ފަހަރަށް ކަންތައް ކުރަނީ އިތުރަށް ކަންބޮޑުވާންޖެހޭނެ ގޮތަށެވެ. އެހީތެރިވުމުގެ ނަމުގައި ކަންކަން ކުރަނީ އެމީހަކަށް އެކަމުން ފައިދާކުރާނެ ގޮތަށެވެ. ހިތާމައިގައި ހުރި މީހާއަށް އިތުރަށް އަނިޔާއަކަށްވާނެ ގޮތަށެވެ.

މީގެ އިތުރުން މީހަކު ހުރީ ކަންބޮޑުވުމެއްގައިކަން އެނގުމުން އެކަން އިޝްތިހާރުވެސް އެބަކުރެއެވެ. ނަތީޖާއެއްގެ ގޮތުން އޮންނަނީ އިތުރަށް ބަދުނާމްވާންޖެހިފައެވެ. ނުވަތަ ކުރިމަތިވެފައިވާ މައްސަލަ އެނގެން ނުޖެހޭ އެތައް ބައަކަށް އެނގިގެންދެއެވެ.

މީހަކު ބުނާ ބަހަކުން އިތުރަށް ކަންބޮޑުނުވާށެވެ! ކުރިމަތިވެފައިވާ ކަންބޮޑުވުމުގެ ޙައްލުވަނީ ބަސްބުނާ މީހުންގެ ކބައަކު ނޫނެވެ. އެމީހުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ދެވޭނެ ދެރައެއްވެސް ހޯދައިދެވޭނެ އުފާވެރިކަމެއްވެސް ނުއޮންނާނެއެވެ.

ވީމާ ކަންބޮޑުވާންޖެހޭ ޙާލަތުގައި އެކަން އެންމެންނަށް ހިއްޞާނުކުރާށެވެ. އަދި ކަންބޮޑުވުންތަކާއިއެކުވެސް ހިނިތުންވެގެން ހުންނާށެވެ! ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަމުން ގެންދާށެވެ.

އަނިޔާ ލިބެމުންދާ، މާޔޫސްވެފައި ހުރި އެއްވެސް އަޅަކު އިޚްލާޞްތެރިކަމާއިއެކު ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން