ކަންބޮޑުވެ ދުޢާކުރަންވީ ދަރިން ބޮޑުވެ މަގުފުރެދުމަކުން ނޫނެވެ! އެދަރިފުޅު ޝައިޠޯނާގެ ކިބައިން ސަލާމަތްކޮށްދެއްވެވުން އެދެން އޮތީ ދެމަފިރިން ރޭކުރާއިރު ކިޔަން އޮތް މިފަދަ ދުޢާތަކުންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ކަންބޮޑުވެ ދުޢާކުރަންވީ ދަރިން ބޮޑުވެ މަގުފުރެދުމަކުން ނޫނެވެ! އެދަރިފުޅު ޝައިޠޯނާގެ ކިބައިން ސަލާމަތްކޮށްދެއްވެވުން އެދެން އޮތީ  ދެމަފިރިން ރޭކުރާއިރު ކިޔަން އޮތް މިފަދަ ދުޢާތަކުންނެވެ!

ހިތާމައާއިއެކުވެސް މިއަދު ބުނަން މިޖެހެނީ ދަރިން ލިބުމަކީ ކިތަންމެ ބޮޑު ނަޞީބެއް ނަމަވެސް ދަރިން ބޮޑެތިވުމުން ކަންބޮޑުވެ ހިތާމަކުރަން ނުޖެހޭ މައިންބަފައިން މިދަނީ މަދުވަމުންނެވެ. އަޅުގަނޑަކަށް ޔަޤީނަށް ބުނަން އެނގެނީއެއް ނޫނެވެ. މިފަދަ ޙާލަތުގައި ދެމަފިރިން އެއްދާންކުރާއިރު މިފަދަ ދުޢާއެއް ކިޔަނީ ކިތައް މީހުން ބާވައެވެ! 

ކޮންމެ ކަމަކުންވެސް ރައްކައުތެރިވެވޭނެ މަގު ﷲ ތަޢާލާ ވަނީ ދައްކަވައިފައެވެ. ޤުރްއާނުންނާއި ސުންނަތުން ފެންނަން އެބައޮތެވެ. އަހަރެމެންނަށް އެކަން ބަލައި ގަނެ ޢަމަލު ނުކުރެވެނީއެވެ.  

بِاسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا  

މިދުޢާއަކީ ފިރިހެނާ އޭނާގެ އަނބިމީހާއާ ރޭކުރުމަށް އެދޭއިރު ކިޔުމަށް ޝަރުޢުކުރެވިފައިވާ ދުޢާއެވެ. އިބްނު ޢައްބާސް رضي الله عنهما ރިވާކުރައްވާފައިވާ ޙަދީޘްގައިވެއެވެ.

(لَوْ أَنَّ أَحَدَكُمْ إِذَا أَرَادَ أَنْ يَأْتِىَ أَهْلَهُ قَالَ بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا فَإِنَّهُ إِنْ قُضِيَ بَيْنَهُمَا وَلَدٌ فِى ذَلِكَ لَمْ يَضُرَّهُ الشَّيْطَانُ أَبَدًا). 

"متفق عليه، ورواه أصحاب السنن وغيره" 

މާނައީ: "ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ." 

"ހަމަކަށަވަރުން ތިއަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަނބިމީހާއާ ޖިމާޢުވުމަށް ބޭނުންވެއްޖެ ހިނދު މިފަދައިން ބުނެފިނަމަ "އޭ މާތްﷲއެވެ. އަޅަމެން ޝައިތާނާ އާ ދުރުކޮށްދެއްވާނދޭވެ. އަދި އަޅަމެންނަށް ދެއްވާ ރިޒްޤުންވެސް (އެބަހީ: ދަރީންގެ ކިބައިން) ޝައިޠާނާ ދުރުކޮށް ދެއްވާނދޭވެ." ހަމަކަށަވަރުން އެދެމީހުންގެ ފަރާތުން ދަރިއެއް ލިބުމަށް މިންވަރު ކުރެވިފައިވާނަމަ އެކުއްޖާއަށް އެއްގޮތަކަށްވެސް ޝައިޠާނާގެ އުނދަގޫ ނުފޯރާނެއެވެ.” 

އަންހެންމީހާ އެދުޢާ ކީ ނަމަވެސް އެއީ މައްސަލައެއްނޫނެވެ. އެހެނީ އަޞްލަކީ [އެކަމަކީ ވަކިބަޔަކަށް] ޚާއްޞަކުރެވިފައިވާކަމެއްކަމުގައި ނުވުމެވެ.

 

- ޙަދީޘްގެމާނަ: ދިސަލަފިއްޔާ 

މިއަދު އޮންލައިން