މެސެޖަކުންވެސް، ސިޓީއަކުންވެސް އަނގަބަހުންވެސް، އަދި މީހަކު މެދުވެރިކޮށްވެސް ޚުލްޢު ވަރިފިޔަވާ، ފުރަތަމަ 2 ވަރީގެ ޢިއްދައިގަ ފިރިމީހާއަށް ކައިވެނި ރުޖޫޢަ ކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
މެސެޖަކުންވެސް، ސިޓީއަކުންވެސް އަނގަބަހުންވެސް، އަދި މީހަކު މެދުވެރިކޮށްވެސް ޚުލްޢު ވަރިފިޔަވާ، ފުރަތަމަ 2 ވަރީގެ ޢިއްދައިގަ ފިރިމީހާއަށް ކައިވެނި ރުޖޫޢަ ކުރެވޭނެ!

"ދެމަފިރިއަކު ތިބީ ވަރިވެގެން. އަނބިމީހާ ކޯޓަށް ގޮސްގެން ވަރިވީ. އެހެންވެ ފިރިމީހާއަކާ ވާހަކައެއް ނުދައްކާ.

ޢިއްދައިގަ ދެމީހުން ކުރަނީ މެސެޖް. ދެން ފިރިމީހާ ރުޖޫޢަ ކޮށްފިން ކަމަށް ބުނެފަ މެސެޖްކުރީ. މެސެޖްކުރިކަން އަނބިމީހާ ޤަބޫލުކުރޭ،

މިޙާލަތުގަ މެސެޖަކުން ވީމާ އަނބިމީހާ ކަންފަތަށް އަޑު އިވޭ ގޮތަށް ނުބުނެވި މެސެޖްކުރެވުމަކީ ރުޖޫޢަ ނުވާނެ ސަބަބެއްތޯ؟" 

މި ސުވާލަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވި ޖަވާބު:  

މެސެޖަކުންވެސް، ސިޓީއަކުންވެސް އަނގަބަހުންވެސް، އަދި މީހަކު މެދުވެރިކޮށްވެސް ފުރަތަމަ 2 ވަރީގެ ޢިއްދައިގައި ފިރިމީހާ "ކައިވެނި ރުޖޫޢަކޮށްފީމޭ" ބުނެފިނަމަ ކައިވެނި ރުޖޫޢަވާނެއެވެ. އިސްތިސްނާވާނީ ހަމައެކަނި ޚުލްޢު ވަރި އެވެ. 

ޚުލްޢުވަރިއަކީ އަނބިމީހާ ވަރިވާން ބޭނުންވެގެން، ފިރިމީހާ އޭނާއަށް ހަދިޔާ އަނބުރާ ދީފައި ވާވަރިއެވެ. އެފަދަ ވަރިއެއްގައި ރުޖޫޢަކުރުމުގެ ޙައްޤު ފިރިމީހާއަކަށް ނުވެއެވެ. 

އޯޑިއޯ:

 

 

 

މިއަދު އޮންލައިން