ދަރިއަކު ލިބުން ލަސްވާނަމަ އެކަމަށް ބޭސްފަރުވާ ކުރުމަކީ ކޮންކަހަ ކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 34ސ
ދަރިއަކު ލިބުން ލަސްވާނަމަ އެކަމަށް ބޭސްފަރުވާ ކުރުމަކީ ކޮންކަހަ ކަމެއްތޯ؟

އަޅުގަނޑުގެ ކައިވެންޏަށް މިހާރު 5 އަހަރުވެއްޖެއެވެ. ނަމަވެސް އަދި ދަރިއަކު ނުލިބެއެވެ. މިކަމުގައި ޑޮކްޓަރީ ފަރުވާ ހޯދުމަކީ ކޮންކަހަލަ ކަމެއްތޯ؟ އަދި މިކަމުގައި ދެން އަޅުގަނޑު ކަންތައް ކުރާނީ ކިހިނެއް؟ 

ބަލިވެއްޖެނަމަ ބޭސް ކުރުމަށް އިސްލާމްދީނުގައިވަނީ އަންގަވާފައެވެ. ވީމާ، ދަރިޔަކު ނުލިބުމުގެ ސަބަބުން ޑޮކްޓަރީ ބޭސްކޮށްގެން ދަރިޔަކު ހޯދުމަށް މަސައްކަތްކުރުމަކީ ހުއްދަ ކަމެކެވެ. 

. އިސްލާމް ދީނުގައި ކުދިން ހޯދުމަށް ވަކި އުމުރެއް އޮވޭތޯ؟

2. ދިރިއުޅުމުގައި ހުރި އުދަޤޫ ތަކެއްގެ ސަބަބުން ދެމަފިރިއަކަށް ކުދިން ނުހޯދާ ލަސްކުރެވިދާނެތޯ؟

3. ކުދިންގެ ނަމުގެ ފަހަތަށް މަންމަގެ ނަން ލެވިދާނެތޯ؟ 

އިސްލާމްދީނުގައި ކުދިން ހޯދުމަށް ވަކި ޢުމުރެއް ނުވެއެވެ.

ދިރިއުޅުމުގެ ހުރި އުދަގޫ ތަކެއްގެ ސަބަބުން ދެމަފިރިން ކުދިން ނުހޯދާ ލަސްކޮށްލުމަކީ ހުއްދަ ކަމެކެވެ.

ކުދިންގެ ނަމުގެ ފަހަތަށް ލާން ޖެހޭނީ ބައްޕަގެ ނަމެވެ. والله أعلم. 

ޒަވާޖީ ޙަޔާތާ ގުޅުންހުރި ބައެއް ސުވާލާ ޖަވާބު: 

ދެ އަންތބަށް މީހަކާއިނުމަށް ބޭނުންވެގެން މިހާރުގެ އަނބިމީހާގެ ރުހުންލިބޭތޯ އަހާލުމުން، އެކަނބުލޭގެ ވަރަށްބޮޑަށް ރުޅިއައިސްގެން ،ތިމަންވަރިކޮށްފައި ނޫނީ އިނދެގެންނުވާނެކަމަށް ފިރިމީހާއާ ދިމާއަށް ބުނުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟ 

ފިރިހެނުންނަށް އެއް އަންބަށް ވުރެ ގިނަ އަނބިން ހުއްދަ ކަމާއި މެދުގައި ސުވާލު އުފެއްދޭނެ އެއްވެސް ޖާގައެއް ނެތެވެ. ވީމާ، އެކަމާއި އިންކާރު ނުކުރުމަށް އެންމެހައި އުޚްތުންނަށް ނަޞޭޙަތްތެރިވެ އިލްތިމާސް ކުރަމެވެ.والله أعلم. 

ދެމަފިރިން ޖިމާޢުވާއިރު ޤުރުއާންޖަހާފައި ބެހެއްޓުމަކީ ކޮންކަހަލަކަމެއްތޯ؟ 

ޖިމާޢުވާ ގަޑީގައި ގުރްއާން ޖަހާފައި ބެހެއްޓުން ރަގަޅެއް ނޫނެވެ. ސަބަބަކީ ގުރްއާން ޖަހާފައި ހުންނަނަމަ އެޔަށް ކަނުލާ އަޑުއަހަން ޖެހޭނެއެވެ. ނަމަވެސް ޖިމާޢުވާ ގަޑިއަކީ އެފަދަ ގަޑިއަކަށް ނުވާނެތީވެ، އެގަޑީގައި ގުރްއާން ޖެހުމަކީ ރަގަޅު ކަމެއް ނޫނެވެ. والله أعلم. 

މިސާލަކަށް ފިރިމީހާ ބުނަނީ ތިމަންނައަށް ރަނގަޅީ ނުވަތަ ރީތީ ޖުއްބާއޭ މިކިޔާފާޑުގެ ހެދުމުގައި ފާޑުފާޑުގެ ރޭނދާ އަޅާފަ ލިއްޔާއޭ. އެހެންވީމާ ދެން ހަރުވާޅު ހެދުން ބަދަލުކުރާށޭ. އެހެންނަމަ އަނބިމީހާ ފިރިމީހާ ބުނާ ގޮތަށް ޖުއްބާ ލުން އެއީ ރަނގަޅު ކަމެއްތާ؟ 

ﷲ އަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި ފިރިމީހާ އަށް ކިޔަމަންތެރި ވުމަކީ އަނބިމީހާގެ މައްޗަށް ވާޖިބު ކަމެކެވެ. ވީމާ، ފިރިމީހާ ޖުއްބާ ލާން އެދިއްޖެނަމަ އެގޮތަށް ހެނދުން ބަދަލު ކުރަން ޖެހޭނެއެވެ.والله أعلم. 

އަޅުގަޑުގެ ޒަވާޖީ ހަޔާތައް 14އަހަރުވަނީއެވެ. ނަމަވެސް މިހާރުފިރިމިހާ ބޭނުންވަނީ އަޅުގަޑާއި ވަކިވާށެވެ. އެއީ އަޅުގަޑަކީ ރުޅިގަދަމީހަކަށްވެފައި ދަރިންގެ ކުރިމަތީގަވެސް އޭނާއާ ދިމާއަށް އެއްޗެތި ބުނެވޭތީ އޭގެސަބަބުން ދަރިން އޭނާއަށްކުރާ އިހްތިރާމް ނުކުރާނެކަމަށް ބުނެއެވެ. ނަމަވެސް އަޅުގަޑު މިކަމާ ދެރަވެ ދަރިންނަށްޓަކައި މައާފަށް އެދި ރުޅިއަންނަނީ ފިރިމީހާގެ އަޅާލުން ނުލބޭތީކަމަށް ބުނީމެވެ. ނަމަވެސް އޭނާ ބުނާގޮތުގައި މިމައްސަލައިގެ ހައްލަކީ ދެމީހުން ވަރިވުން ކަމަށެވެ. މިކަމަށް ހައްލެއް ހޯއްދަވާ ދެއްވާށެވެ. 

ތިޔަ މައްސަލަ ޙައްލުކުރުމަށް ދެފަރާތުގެ ޢާއިލާ އިން މަންދޫބަކު ހޯދައިގެން އެމީހުންގެ އެހީތެރިކަން ހޯދުން މުހިންމު ކަމުގައި ދެކެމެވެ. والله أعلم. 

އަނބިމީހާ ވަރިކުރުމައްފަހު އިއްދާގައި  އިންނަ ދުވަސްވަރު އެމީހާއާ ރޭކުރެވިދާނެތޯ؟ 

ރަޖްޢީ ވަރިޔަކުން ވަރިކޮށްފައިވާނަމަ ޢިއްދާގެ ދުވަސްވަރުގައި އަނބިފިރިކަމުގެ ގުޅުން ހިންގިދާނެއެވެ. މިގޮތަށް ގުޅުން ހިންގައިފިނަމަ ކައިވެނި އަލުން ރުޖޫޢަވާނެއެވެ. والله أعلم. 

ފިރިމީހާއަށް ޝައްކުކުރުމަކީ ކޮންކަހަލަކަމެއް؟ 

އެއްވެސް މީހެއްގެ މައްޗަށް ޙައްގަކާ ނުލާ ޝައްކު ކުރުމަކީ ރަގަޅު ކަމެއް ނޫނެވެ.والله أعلم. 

ބައިވެރިޔާ އެދޭނަމަ ޖިންސީ ގުނަވަން ބޮޑުކުރަން ފަރުވާ ހޯދުމަކީ ކޮންކަހަކަމެއްތޯ؟ 

ޞިއްޙީ ގޮތުން ގެއްލުމެއް ނުވާނަމަ މައްސަލަ އެއް ނެތެވެ. والله أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

މިއަދު އޮންލައިން