މާތް ﷲ ދެއްވަވާ މިންވަރަށް ފުދިގެން އަމިއްލަ މަސައްކަތުން ކުރިއަށްދާނަމަ ނާޖާއިޒްގޮތުގަ ތިބާލައްވައި ކަންކަން ކުރުވަން ބޭނުންވާ މީހުން ކަންބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
މާތް ﷲ ދެއްވަވާ މިންވަރަށް ފުދިގެން އަމިއްލަ މަސައްކަތުން ކުރިއަށްދާނަމަ ނާޖާއިޒްގޮތުގަ ތިބާލައްވައި ކަންކަން ކުރުވަން ބޭނުންވާ މީހުން ކަންބޮޑުވާނެ!

ތިބާގެ ކިބައިން ނާޖާއިޒްގޮތުގައި ކަންކަން ބޭނުންވާ މީހުންނާއި އެފަދަ ކަންކަން ތިބާލައްވައި ކުރުވަން ބޭނުންވާ މީހުން ވަރަށް ގިނަވާނެއެވެ. އެފަދަ މީހުން ތިބާ ކުރިއަރައިދިއުމަކަށް ނުއެދޭނެއެވެ. ބޭނުންވާނީ ތިބާއަކީ އަބަދުވެސް އެމީހުންގެ އެހީތެރިކަމުގައި އުޅެންޖެހިފައިވާ މީހެއްގެ ގޮތުގައި ބަހައްޓާށެވެ.

ތިބާގެ އަމިއްލަ މަސައްކަތުން ކުރިއަރައިދާނަމަ އެކަމަށް ނަފްރަތުކުރާ މީހުން ވަރަށް ގިނަވާނެއެވެ. ތިބާއަށް ފާޑުވެސް ކިޔާނެއެވެ. އަޅައިވެސްނުލާށެވެ! އަމިއްލައަށް ކުރިއަށްދާން ކުރާ މަސައްކަތް ވަރުގަދަކުރަމުން ގެންދާށެވެ.

އެކަމުގައި ދެމަގެއްވެއެވެ. އެއް މަގަކީ ﷲ ތަޢާލާގެ މަގުގައި ކުރިއަރައިދާން މަސައްކަތްކުރުމެވެ. ދެވަނަ މަގަކީ ޙަލާލް މަސައްކަތްކޮށްގެން ޙަލާލުގޮތުގައި އާމްދަނީ ހޯދައިގެން ކުރިއަށްދާން މަސައްކަތްކުރުމެވެ. މިއިން އެއްވެސް ކަމަކީ ޝައިޠޯނުންނަށް ޙަޖަމް ކުރެވޭނެ ކަންކަމެއް ނޫނެވެ.

ދުނިޔޭގައި އުޅެން މިލިބޭ މަދުވަގުތުކޮޅުގައި ވިސްނަންވީ އެހެން މީހުން ބުނާބަސްތަކަކަށްނޫނެވެ. އެހެން މީހުންގެ ފާޑުކިޔުމަކަށް ނޫނެވެ. ތިމާ ކުރިއަރައިދިއުމަށެވެ. ޚާއްޞަކޮށް ﷲ ތަޢާލާގެ މަގުގައެވެ. ވީމާ އެހެން މީހަކު ބުނެފާނެ ބަހަކަށް ކިޔައިފާނެ ފާޑުކިޔުމަކަށް ނުބަލައި ދުނިޔެއާއި އާޚިރަތް ހޯދަންކުރާ މަސައްކަތް އިތުރަށް ވަރުގަދަކުރަމުން ގެންދާށެވެ.

އަހަރެމެންގެ ލޮބުވެތި ޞަހާބީންވެސް ޢަމަލުކުރެއްވެވީވެސް މިފަދައިންނެވެ. އަހަރެމެންނަށްވެސް ކާމިޔާބުލިބުންވަނީ ހަމަ މިމަގުންނެވެ. އިން ޝާ ﷲ

އސްލާމީ ތިލަފަތުގެ ދަރުސަކު

މިއަދު އޮންލައިން