ނަމާދުގަ ޚުޝޫޢަތްތެރި ނުވެވޭނަމަ ނަމާދަށް ފެށުމުގެ ކުރިން މިކަންކަން ހިތްމައްޗަށް ގެނެސްބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ނަމާދުގަ ޚުޝޫޢަތްތެރި ނުވެވޭނަމަ ނަމާދަށް ފެށުމުގެ ކުރިން މިކަންކަން ހިތްމައްޗަށް ގެނެސްބަލާށެވެ!

އެކުވެރިންނޭވެ! ފުރަތަމަވެސް ވަރަށް އާދައިގެ ސުވާލެއް ކޮށްލާނަމެވެ!  

ތިބާ ވާހަކަދައްކަނީ ތިބާގެ ލޯބިވެރިޔާއާއިއެވެ. ލޯބިވާ ބައިވެރިޔާ ޢާއިއެވެ. ނުވަތަ އެމީހެއްގެ ކިބައިން ތިބާ ސަމާލުކަމާއި ރުހުން ބޭނުންވާ ނުވަތަ އެމީހެއްގެ ކިބައިން ތިބާ ކަމަކަށް ބޭނުންވެފައިވާ މީހަކާއިނަމަ އެމީހަކާއި މުޢާމަލާތުކުރާނީ ކިހިނަކުންހެއްޔެވެ؟  

އެމީހަކާއި ދެކެވޭ ވާހަކަތަކަށް ސަމާލުކަމެއް ސަމާލުކަމެއް ނުދޭނަންހެއްޔެވެ؟ މިހުރެވެނީ އެމީހާގެ ކުރިމަތީގައިކަން ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނައްތައިލާނަން ހެއްޔެވެ؟ އޭނާ އަށް ދޭންޖެހޭ ސަމާލުކަން އެންމެ ހިނދުކޮޅަކަށް ނަމަވެސް ކުޑަކޮށްލާނަން ހެއްޔެވެ؟  

ޖަވާބު އަމިއްލަ ނަފްސަށް ދޭށެވެ! އެއަށްފަހު ނިކަން ބުނެބަލާށެވެ! ތިމާ ވުޟޫކޮށްގެން މިސްކިތަށް އަރައި ނުވަތަ ގޭގެ މުސައްލަމަތީގައި ހުއްޓެވުމުން ތިމާއަށް މިހުރެވެނީ ތިމާއަށް ހުރިހާ ނިޢުމަތްތަކެއް މިންވަރުކޮށް ދެއްވަވާ ﷲ ތަޢާލާގެ ޙަޟްރަތުގައި ނޫންހެއްޔެވެ؟ ނަމާދުގައި ކިޔާތަކެއްޗަކީ އެންމެހައި މަތިވެރިކަމެއް ލިބިވޮޑިގެންވާ އަދި އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވާ ﷲ ތަޢާލާއަށް ދަންނަވާ ދެންނެވުންތަކެއް ނޫންހެއްޔެވެ؟ 

ދެން ނިކަން ބުނެބަލާށެވެ! ނަމާދުގައި ކުރެވޭ ޙަރަކާތްތަކަށާއި ކިޔޭ ތަކެއްޗަށް ދޭންޖެހޭ ސަމާލުކަން ނުދެވޭނަމަ އެމީހާގެ ޙާލަކީ ކޮބައިހެއްޔެވެ؟ އެންމެ ކުޑަމިނުން ﷲ ތަޢާލާގެ ޙަޟްރަތަށް އަދާކުރަންޖެހޭ އަދަބު އިޙްތިރާމް އަދާކުރެވޭނީ ކޮންގޮތަކުން ހެއްޔެވެ؟  

މީސްތަކުންނޭވެ! ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ވަރަށް ބޮޑުކަމެކެވެ. އެއީ ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. ނަމާދަށް ފެށުމާއިއެކު މީހާގެ ވަށައިގެން ޝައިޠޯނާ ޙަމަލާތައް ދޭންފަށާނެއެވެ. ވީމާ މިބުނެދިން ކަންކަމަށް ވަރަށް ބޮޑަށް ވިސްނާށެވެ. މިމޭރުމުން ވިސްނާ މީހަކަށް ނަމާދުގައި ޚުޝޫޢަތްތެރިވާން މަގުފަހިވާނެއެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން