ބައެއް މިސްކިތްތައް ޚާއްޞަ ދުވަސްތަކުގައި ކާފިރުންނަށް ކާފިރުންނަށްވެސް ހުޅުވާލައެވެ. އެދުވަހު ކާފިރުންވެސް މިސްކިތައް ވަދެއެވެ. އެގޮތަށް ވަދެފައި ނުކުތް މީހެއްގެ ގާތުގައި މިސްކިތަށް ވަނުމުން ކުރެވުނު އިޙްޞާޞްތަކާއިބެހޭގޮތުން ނިކަން ސުވާލުކޮށްބަލާށެވެ!
އެއްވެސް ޖެހިލުމެއް ނެތި ޖަވާބުގައި ކޮންމެ މީހަކުވެސް ބުނާނީ (ތެދުހަދާނަމަ) ހިތްހަމަޖެހުން ލިބުނު ކަމަށެވެ. ވީމާ މިސްކިތަށް އެރުމުން އަހަރެމެން މުސްލިމުންނަށް ހިތްހަމަޖެހުން ނުލިބެންވީ ކީއްވެގެން ހެއްޔެވެ؟ ލިބޭނެއެވެ. އިން ޝާ ﷲ
ލޮބުވެތި އަންހެނުންނޭވެ! ތިއަކަނބަލުން ޛިކުރުކުރަން މުސައްލަ މަތީގައި ޛިކުރުކުރަން ނިކަން ވަޤުތު ހޭދަކޮށްބަލާށެވެ! ހިތްހަމަޖެހުން ލިބޭނެއެވެ.
ބައެއް މީހުން ސުވާލުކުރެއެވެ. "ޤުރްއާން ކިޔަވަން އެންމެ ރަނގަޅީ ކޮން އެއްޗަކުން ހެއްޔެވެ؟"
އަހުރެންގެ ޖަވާބަޚީ މީސްތަކުންނޭވެ! ފޯނުންވެސް އަދި އެހެން ވަސީލަތަކުންވެސް ޤުރްޢާން ކިޔަވަންވީއެވެ. އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް ކެރިކުލަދާނަވީ ވަރަކުން މުޞްހަފް ބަލައިގެން ކިޔަވާށެވެ!
މިބުނަނީ އެހެން އެއްޗަކުން ނުކިޔަވާކަށް ނޫނެވެ. ނަމަވެސް އެހެން އެއްޗެތީގައި އަތްލަން ވުޟޫކުރާކަށް ނުޖެހެއެވެ. ނަމަވެސް މުޞްޙަފްގައި އަތްލާނަމަ ވުޟޫކުރަން ޖެހޭނެއެވެ. އެހެންވީމާ މުޞްހަފްގެ ދަރަޖަ އުފުލިގެން އެބަދެއެވެ. ވީވަރަކުން މުޞްޙަފުން ކިޔަވަން މިބުނަނީ އެހެންވެގެންނެވެ.
މީސްތަކުންނޭވެ! އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބައަކަށް މިއުލެވެނީ ޤުރްޢާނާއި ތަންކޮޅެއް ދުރުގައެވެ. އަނެއްބައަކަށް މާބޮޑަށް ދުރުގައެވެ. އެކަން އިޞްލާޙްކޮށްލާށެވެ! ކޮންމެ ނަމާދަކަށްފަހު 2 އާޔަތް ނަމަވެސް ކިޔަވައިލާށެވެ. މާނަކިޔައިލާށެވެ. ހަފްތާއަކު 2،3 ފަހަރު ނަމަވެސް ތަފްސީރުން ފަށޭހަ މިންވަރެއް ކިޔައިލާށެވެ.
ވަކިކަމަކަށް ނޫނެވެ. ދިރިއުޅުމުގެ ހުރިހާ ކަންކަމަށް އަންނަ ހެޔޮބަދަލުތައް ފެންނަން ފަށާނެއެވެ. ހިތްދަތިކަން ފިލަންފަށާނެއެވެ. އުފާވެރިކަން ލިބެން ފަށާނެއެވެ. އިން ޝާ ﷲ ދަލީލަކަށް ކުރިން ބަޔާން ކުރި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ދުޢާ ފުދޭނެއެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން