ޔާސީންސޫރަތުގައި އަހަރެމެންނަށްވާ ބައެއް އިންޒާރާ މެސެޖް!

ކިޔުމަށް ހޭދަވާނީ 3މ 28ސ
ޔާސީންސޫރަތުގައި އަހަރެމެންނަށްވާ ބައެއް އިންޒާރާ މެސެޖް!

ފާޠިމަތު ނައީޝާ

 

1.    މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާގެ މާތް ވަޙީ ބަސްފުޅު: 

ޔާސީން ސޫރަތް ފެށިގެންދަނީ ޤުރުއާން ބާވާލެއްވުމާއި އެފޮތުގެ މަޤުސަދު އަހަރެމެންނަށް ހަނދާންކޮށްދެމުންނެވެ. 

އެކަލާނގެ ގެނެސްދެއްވި ތެދުމަގަށާއި އާޚިރަތުގައި ލިބޭނެ ޖަޒާއަށް އަޅާލުމެއްނެތި ޣާފިލުވެ އުޅޭ މީހުންނަށް ކީރިތި ޤުރުޢާނަކީ ވަރުގަދަ ހަނދާންކޮށްދިނުމަކާއި އިންޒާރެކެވެ. ޣާފިލްކަމަކީ އަހަރެމެންގެ ހިތަށްޖެހޭ، އޭގެ ސަބަބުން ތެދުމަގު ލިބިގަތުމުން ދުރުހެލިކޮށްދޭ ބައްޔެކެވެ. 

"އަދި ކަލޭގެފާނު އެއުރެންނަށް އިންޛާރު ކުރެއްވިޔަސް ނުވަތަ އެއުރެންނަށް ކަލޭގެފާނު އިންޛާރު ނުކުރެއްވިޔަސް އެއުރެންނަށް ހަމަހަމަވެގެންވެއެވެ. އެއުރެން އީމާނެއްނުވާނެތެވެ." (36:10) 

2.    ތިޔަބައިމީހުންގެ ކުރިން އައިސްފައިވާމީހުންނާމެދު ވިސްނާ ފިކުރުކުރުން

"އެއުރެންގެ ކުރިން ތިމަންރަސްކަލާނގެ ކިތައްކިތައް އުންމަތް ހަލާކުކުރެއްވިކަން އެއުރެންނަކަށް ނޭނގޭހެއްޔެވެ؟" (36:31) 

3.    ތިޔަބައިމީހުންގެ ވަށައިގެންވާ މާހައުލާމެދު ވިސްނާ، އެކަލާނގެ ކުޅަދުންވަންތަކަމާމެދު ފިކުރުކުރުން: 

"އަދި މަރުވެފައިވާ ބިމަކީ، އެއުރެންނަށްޓަކައި ހެތްކެކެވެ. ތިމަންރަސްކަލާނގެ އެބިންގަނޑު ދިރުއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެބިމުން އޮށްޓަރުނެރުއްވީމެވެ. ފަހެ، އެއުރެން ކައިއުޅެނީ އެއިންނެވެ. އަދި ކަދުރު ރުއްތަކާއި، މޭބިސްކަދުރުގެ ބަގީޗާތައް ތިމަންރަސްކަލާނގެ އެބިމުގައި ލެއްވީމެވެ. އަދި ފެންއާރުތައް އެބިމުގައި ހިންގެވީމެވެ. އެއީ އެތާނގެ މޭވާއިންނާއި، އެއުރެންގެ އަތްތަކުން މަސައްކަތްކޮށްގެން ހޯދިތަކެތިން އެއުރެން ކައިއުޅުމަށްޓަކައިއެވެ. ފަހެ، އެއުރެން ޝުކުރުނުކުރަނީ ހެއްޔެވެ؟ "

(36:33-35)

"ރޭގަނޑަކީ އެއުރެންނަށްހުރި ހެތްކެކެވެ. ތިމަންރަސްކަލާނގެ ރޭގަނޑުގެ ތެރެއިން ދުވާލު ވަކިކުރައްވަމެވެ. ފަހެ، އެހާރުން އެއުރެން އަނދިރީގެ ތެރޭގައިވެއެވެ." (36:37)  

4.    ގޮތްދޫނުކުރުމާއި ކަނުމީހުން: 

އެއުރެންގެ ކުރިން އައިސްފައިވާ މީހުންނަށް ކަންތައްތައްވީގޮތާމެދު ވިސްނާ ފިކުރު ނުކޮށް ބޮޑާވިއެއްކަމަކުވެސް މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާ، އެއުރެން އެކަލާނގެ މަގަށް ރުޖޫޢަވުމަށް ފުރުސަތުދެއްވަވައެވެ. 

"އަދި ތިޔަބައިމީހުންނަށް ރަޙުމަތް ލެއްވުމަށްޓަކައި، ތިޔަބައިމީހުންގެ ކުރިމަތީގައިވާ ތަނާއި، ތިޔަބައިމީހުންގެ ފަހަތުގައިވާ ތަނަށް ބިރުވެތިވެ ރައްކާތެރިވާށޭ އެއުރެންނަށް އަންގަވައިފިނަމަ، އެއުރެން ފުރަގަސްދީ އެނބުރިދެއެވެ. އަދި އެއުރެންގެ ރައްބުގެ ދަލީލުފުޅުތަކުގެ ތެރެއިން ދަލީލެއް ނުވަތަ އާޔަތްތަކުގެ ތެރެއިން އާޔަތްތަކެއް އެމީހުންގެ ގާތަށް އަތުވެއްޖެނަމަ އެމީހުން އެދަލީލަކަށް ނުވަތަ އާޔަތަކަށް ފުރަގަސްދީގެންވާ ބަޔަކު ކަމުގައި މެނުވީ  ނުވެއެވެ."

(36:45-46) 

5.    އެކަލާނގެ އަމުރުފުޅަށް ތަބަޢަނުވުމުން ޤިޔާމަތްދުވަހު ލިބޭ ޖަޒާ: 

"މިއީ ތިޔަބައިމީހުންނަށް ވަޢުދުކުރައްވާފައިވާ ނަރަކައެވެ. ތިޔަބައިމީހުން ކާފިރުވެ އުޅުނުކަމުގެ ސަބަބުން، މިއަދު ތިޔަބައިމީހުން އެނަރަކަޔަށް ވަންނާށެވެ! މިއަދު ތިމަންރަސްކަލާނގެ އެއުރެންގެ އަނގަތަކުގައި ސިއްކަޖައްސަވައި ބަންދުކުރައްވާހުށީމެވެ. އަދި އެއުރެންގެ އަތްތައް ތިމަންރަސްކަލާނގެއަށް ބަސްދަންނަވާނެތެވެ. އަދި އެއުރެން ހޯދާ އުޅުނު ޢަމަލުތަކާމެދު އެއުރެންގެ ފައިތައް ހެކިދޭނެތެވެ."

(36:63-65) 

"އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެންގެ ލޯތައް ކަނުކުރައްވައިފީމުއެވެ. ފަހެ، އެއުރެން މަގުން ދިއުމަށް އަވަސްވެގަންނާނެތެވެ. ފަހެ، އެހިނދު އެއުރެންނަށް ފެންނާނީ ކޮންފަދައަކުންހެއްޔެވެ؟ " (36:66)  

6.    މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާ ދައްކަވާފައިވާ ހެކިތަކާމެދު ބޮޑާވުމުގެ ނުބައިކަން:

" ހަމަކަށަވަރުން، މަނިތިއްކަކުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވިކަން އެ އިންސާނާއަށް ނޭންގެނީހެއްޔެވެ؟ ފަހެ، އެހާރުން އޭނާވަނީ ފާޅުވެ ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ. އަދި އެއިންސާނާ ތިމަންރަސްކަލާނގެއަށް މިޘާލެއް ޖެއްސެވެވެ. އަދި އޭނާ ހެއްދެވިގޮތް އޭނާ ހަނދުމަނައްތާލީއެވެ. އޭނާ ބުންޏެވެ. ކަށިތައް ފީވެ، ހަލާކުވެފައިވަނިކޮށް އެތަކެތި ދިރުއްވާނީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެކަށިތައް އަލުން ދިރުއްވާނީ ފުރަތަމަ ފަހަރު އެކަށިތައް އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ހުރިހާ މަޚުލޫޤުންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."  

(36:77-79)  

https://aboutislam.net/shariah/quran/quranic-reflections/surat-yasin-6-messages-reflect/

 

 

 

މިއަދު އޮންލައިން