ދެމީހުންވެސް ލޯބިން މުޢާމަލާތުކުރާށެވެ! އިސްމީހަކީ ފިރިމީހާ ނަމަވެސް ﷲ ގެ ޙަޟްރަތުގަ ޤަދަރު އުފުލިގެންވަނީ ކާކުގެ ކަމެއް ނުއެނގޭނެއެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދެމީހުންވެސް ލޯބިން މުޢާމަލާތުކުރާށެވެ! އިސްމީހަކީ ފިރިމީހާ ނަމަވެސް ﷲ ގެ ޙަޟްރަތުގަ  ޤަދަރު އުފުލިގެންވަނީ ކާކުގެ ކަމެއް ނުއެނގޭނެއެވެ!: މުފްތީ މެންކް

މިރޭގެ ދަރުސް ފަށަމުން ނަޞޭޙަތުގެ ގޮތުން ވަރަށް މުހިންމު ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ޒަވާޖީ ޙަޔާތް އުފާވެރިކޮށް ބާއްޖަވެރިކުރުމާއިބެހޭގޮތުންނެވެ. 

ދެމަފިރިން އެކުގައި ދިރިއުޅެމުންދާއިރުވެސް އެކަކު އަނެކަކަށް މުޢާމަލާތުކުރުމުގައި ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެ އެއްކަމަކީ އިސްމީހަކީ ފިރިމީހާކަމުގައިވީނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަދަރު އުފުލިގެންވަނީ ކާކުގެ ކަމެއް ނުއެނގޭނެއެވެ. 

އަދި ދެމަފިރިން ދިރިއުޅެނީ އަނބިމީހާގެ ތަނަވަސްކަމުގައިނަމަވެސް ފިރިމީހާގެ ޤަދަރު ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލިގެންވާ މިންވަރެއް ނުއެނގޭނެއެވެ. ވީމާ ތިމާއަކީ ތަނަވސްކަން ލިބިފައިވުމުން މާމަތީގައި ހުރި މީހަކުކަމަށް ނުދެކޭށެވެ! 

ދެމަފިރިން ލޯތްބާއި އިޙްތިރާމާއިއެކު މުޢާމަލާތުކުރުމަކީ ދެމަފިރިންގެ މެދުގައި ލޯބި އިތުރުވެ ދިރިއުޅުމުގައި ބަރަކާތް ލައްވަވާ ކަމެކެވެ. ދެމަފިރިން ލޯބިން ދިރިއުޅުމަކީ ﷲ ތަޢާލާ އެންމެ ރުހިވޮޑިގަންނަވާ ޢަމަލުތަކުގެތެރެއިން ޢަމަލެކެވެ. ވީމާ ދިރިއުޅުމުގެ ޙާލަތު ކުރިއަރުވަން އެދުމަސްވެސް ލޯބިން މުޢާމަލާތުކުރާބައަކަސްވާށެވެ! 

އެއްވެސް މީހަކަށް ދެރަބަހެއް، ހިތުގައި ޖެހޭ ފަދަ ބަހެއް ނުބުނާށެވެ. އޭނާއަކީ ﷲ ތައާލާގެ ލޮބުވެތިކަން ކިހައި ބޮޑަކަށް ލިބިގެންވާ މީހަކުކަމެއް ނުއެނގޭނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހާގެ ދަރަޖަ އުފުލިގެންވާ މިންވަރެއް ނުއެނގޭނެއެވެ. 

އެއީ އެއްވެސް މީހަކަށް އެނގޭނެ ކަންކަމެއް ނޫނެވެ. އެއީ އެއްވެސް މީހަކަށް ﷲ ތަޢާލާ އަންގަވާނެ ކަމެއް ނޫނެވެ. އަދި އެމީހަކަށްވެސް އެނގޭނެ ކަމެއް ނޫނެވެ. 

ކޮންމެ މީހަކާއި ބައްދަލުވެ މުޢާމަލާތުކުރިނަމަވެސް ލޯތްބާއި އިޙްތިރާމާއިއެކު މުޢާމަލާތުކުރާއެކު މުޢާމަލާތުކުރާށެވެ! އެއީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. އެ އަމުރުފުޅަށް ޢަމަލުކުރުމަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުވެގެންދާނެ ކަމެކެވެ.

 

- މައުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން