ދިވެހިމަސްވެރިންނަށް ދިމާވެފައިވާ އެކިދަތިތަށް ހައްލު ކުރުމުގައި ފާއިތު ވި ހުރިހާ ސަރުކާރުތަކުންވެސްް ވަނީ އެކި މިންވަރަށް އިހްމާލުވެފައިވާކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. ގާސިމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދިވެހިމަސްވެރިންނަށް ދިމާވެފައިވާ އެކިދަތިތަށް ހައްލު ކުރުމުގައި ފާއިތު ވި ހުރިހާ ސަރުކާރުތަކުންވެސްް ވަނީ އެކި މިންވަރަށް އިހްމާލުވެފައި ކަމަށާއި އެކަންކަމަށް ހައްލުގެނެވޭނީ، މަސްވެރިންނާއި ގާތުން މަސައްކަތްކޮށް، މަސްވެރިންގެ ހާލަތު ސީދާ މަސްވެރިންގެ ފަރާތުން އަޑުއަހައިގެން ކަމަށެވެ.
ޖޭޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ޤާސިމަށް އެރުވިރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 2 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކަޅުބިލަމަހުގެ ފްލީޓްގެ ހުރިހާ އުޅަނދެއްގައި، ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ރެފްރިޖެރޭޓެޑް ސީ ވޯޓަރ ސިސްޓަމްސް ގާއިމްކުރުމުގެ މަސައްކަތްކޮށްދެއްވާނެ ކަމަށާއި ރާޑަރ ސިސްޓަމް ގާއިމުކުރުމަށް ބޭނުންވާ ފައިސާ ލުއިލޯނުގެ ގޮތުގައި ހަމަޖައްސައިދީ، ރާއްޖެއަށް ބާނާ މަހަކީ ތާޒާކަންމަތީ މަސްގަންނަ ސެންޓަރުތަކަށް ނުވަތަ ކޭނަރީތަކަށް ކިރުވާ، އެންމެ ފެންވަރު ރަނގަޅު މަސް ކަމަށް ހައްދަވާދެއްވާނެ ކަމަށެވެ.
ދިވެހިމަސްވެރިންނަށް ދިމާވެފައިވާ އެކިދަތިތަށް ހައްލު ކުރުމުގައި ފާއިތު ވި ހުރިހާ ސަރުކާރުތަކުންވެސްް ވަނީ އެކި މިންވަރަށް އިހްމާލުވެފައެވެ. އެކަންކަމަށް ހައްލުގެނެވޭނީ، މަސްވެރިންނާއި ގާތުން މަސައްކަތްކޮށް، މަސްވެރިންގެ ހާލަތު ސީދާ މަސްވެރިންގެ ފަރާތުން އަޑުއަހައިގެންނެވެ. pic.twitter.com/BgE1bHg2O4
— Qasim Ibrahim (@qasimibrahim) June 16, 2023