ވީޑިއޯ: ކޮންމެ ބައްޕައަކީ މިފަދަ ބައްޕައަކަށްވެއްޖެ ނަމަ ހިތާމަކުރަންޖެހޭނެ ދަރިއަކު ހުންނާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ވީޑިއޯ: ކޮންމެ ބައްޕައަކީ މިފަދަ ބައްޕައަކަށްވެއްޖެ ނަމަ ހިތާމަކުރަންޖެހޭނެ ދަރިއަކު ހުންނާނެތަ؟

ބައަކު ކޮންމެ ގޮތަކަށް ޤަބޫލުކުރިނަމަވެސް މިއަދުގެ ބައްޕައިން އެންމެ ބޮޑަށް ފޭލްވެފައިވާ އެއްކަމަކީ ދަރިން ލައްވައި ނަމާދުކުރުވުމެވެ. ގޭގައިވެސް ނުކުރުވޭތަނުގައި މިސްކިތަށް ގެންދިއުމުގައިވެސް ވަނީ ވަރަށް ބޮޑަށް ފޭލްވެފައެވެ. ޚާއްޞަކޮށް ފަތިސްނަމާދުގައެވެ. 

މާލޭގެ މެދުމިނުގެ ބޮޑެތި މިސްތަކުގެ ތެރެއިން މިސްކިތެކެވެ. މަދުރެއަކު ނޫނީ ފަތިސް ނަމާދަށް މިސްކިތް ފުރެއެވެ. ހިތާމައަކީ ދަރިން ގޮވައިގެން މިސްކިތަށް އަންނަނީ 4 ، 6 ބައްޕައިން ކަމެވެ. ބައެއް މިސްކިތްތަކަށް ކިތަންމެ މަދުން ނަމަވެސް 3،4 އަހަރުގެ ކުދިން ގޮވައިގެން ބައްޕައިން ހުރިހާ ނަމާދަކަށްހެން ދާކަންވެސް ފާހަގަކުރެވެއެވެ. 

ކުޑައިރުންސުރެ ދަރިން މިސްކިތަށް ގެންގޮސް ނަމާދަށް އަހުލުވެރިކުރުވުމަކީ ބައްޕައިންގެ އެންމެ ބޮޑު އެއް ޒިންމާއެވެ. އެޒިންމާ އަދާނުކުރެވިއްޖެނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެކަން ޔަޤީންވާއިރުވެސް މިހައި ގިނަ ބައްޕައިން އެކަމުގައި ފޭލްވެފައިވާކަމީ އެންމެ ބޮޑަށް ހިތާމަކުރަންޖެހިފައިވާ އެއްކަންތަކެވެ. 

މިއަދު އޮންލައިން