ކައިވެނިކުރުމަށްފަހު، ރައްޓެއްސެއްގެ ޙައިޞިއްޔަތުން ކުރީގެ ލޯބިވެރިއަކާ ވާހަކަ ދެއްކުމަކީ ކޮންކަހަލަ ކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ކައިވެނިކުރުމަށްފަހު، ރައްޓެއްސެއްގެ ޙައިޞިއްޔަތުން ކުރީގެ ލޯބިވެރިއަކާ ވާހަކަ ދެއްކުމަކީ ކޮންކަހަލަ ކަމެއްތޯ؟

އަޅުގަނޑާއި ކުރިންލޯބީގެ ގޮތުން ގުޅިފައިވާމީހަކާ އަޅުގަނޑު ވާހަކަދައްކަމެވެ. ނަމަވެސް މިހާރު ވާހަކަދައްކަނީ ގާތް ރަޙްމަތްތެރިޔެއްގެ ގޮތުންނެވެ. ނަމަވެސް އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑަށް ސައްކުކުރެއެވެ. ހަޤީޤަތަށް ކިޔާދިނަސް ޤަބޫލެއްނުކުރެއެވެ.  ދެން އޭނަ އަޅުގަނޑާ ވާހަކަދެއްކި ކަމުގަވިޔަސް އޭނަޔާ ވާހަކަ ނުދައްކަންވީތޯ؟

ކުރިން ރަށްޓެހިވެގެން އުޅުން ލޯބިވެރިޔާ އާއި އެކުގައި ރަޙްމަތްތެރިކަމުގެ ގޮތުން ނަމަވެސް ގުޅުމެއް ބޭއްވުމަކީ ރަގަޅު ކަމެއް ނޫނެވެ. ސަބަބަކީ ވާހަކަ ދައްކާ ހެދުމުގެ ތެރޭގައި މާޟީގެ ދުވަސްތައް މަތިން ހަނދާންވެ ގޯސް ދިމާލަކަށް މީހާ ގެންގޮސްފާނެތީވެއެވެ. والله أعلم. 

އިތުރު ސުވާލާ ޖަވާބު:  

އަޅުގަނޑުގެ ސުވާލަކީ ތިބޭފުޅުންގެ ޖަވާބުތަކުން މީހުނާއި ރައްޓެހިވުމަކީ ފާފައެއްކަށް މިހަރު ސާފުވެއްޖެ. ވަރަށް ބޮޑަށް އެކަމަށް ޝުކުރިއްޔާ. ވީމާ ދެ ޤައުމެއްގައި އުޅޭ ދެމީހުންނަށް ސްކައިޕުން ނުވަތަ ވީޑިއޯ މެދުވެރިކޮށް އަންހެން ކުއްޖާގެ ބައްޕަ އިތުބާރު ހުރި ދެ ހެކިވެރިންގެ ހާޟިރުގައި ކައިވެނި ކޮށްދެވިދާނެތޯ؟ އަދި ޗުއްޓީއަށް ރާއްޖެ ގޮސް ދެމީހުން އެކަހެރިވުމުގެ ކުރިން ޤާޟީލައްވާ އަލުން ކައިވެނި ކޮށް ރަޖިސްޓުރީކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟ އަސްލު މިހާރު މިގޮތަށް ރައްޓެހިވެ ގެން އުޅޭކަށް ދެމީހުންވެސް ބޭނުމެއްނޫން . ބޭނުންވަނީ ތިބޭފުޅުން ވިދާޅުވި ފަދައިން މިކަށް ރަނގަޅަށް ކުރިއަށް ގެންދަށް. އެކަމަކު ދެމީހުން ތިބީ ދެޤައުމުގައި . އަންހެން ކުއްޖާ އުޅެނީ އޭނާގެ އާއިލާ އާއި އެކު އެހެން ޤައުމެއްގައި. ދެމީހުން ޗެޓުނުކޮށް ހުންނަށްވެސް އުދަގޫވޭ.އެހެން ކަމުން މިސާލަކަށް ޟަރޫރަތަކަށް ޓަކައި މިހަކަލަ ގޮތަކަށް ކައިވެނި ކުރެވިދާނެ ތޯ؟

ދީނީ ކަންކަމުގައި ތިޔަ ބަހައްޓަވާ ފަރުވާތެރިކަމަށް ވަރަށް ބޮޑަށް މަރްޙަބާ ކިޔަމެވެ. ރަށްޓެހިވެގެން އުޅުމުގެ ބަދަލުގައި ސުވާލުގައިވާ ފަދައިން ދެހެކިން ހެކިކޮށް ވަލީވެރިޔާގެ ވަލީ އާއި އެކުގައި ކައިވެނީގެ ޢަގްދުކޮށްގެން ތިބުން ރަގަޅެވެ. ސްކައިޕް މެދުވެރިކޮށް ނުވަތަ ފޯނު ނުވަތަ އެނޫންވެސް ވަސީލަތެއްގެ ބޭނުން މިކަމުގައި ހިފިދާނެއެވެ. والله أعلم. 

ފިރިމީހާ އާ އެއްކޮށް ބަރަހަނާ ފިލްމް ބެލުމަކީ ކޮންކަހަލަ ކަމެއްތޯ؟ 

އޮރިޔާން ފިލްމު ކުޅުމަކީ ޙަރާމް ކަމަކަށްވީ ހިނދު އެފަދަ ފިލްމުތައް ބެލުމަކީވެސް ޙަރާމް ކަމެކެވެ. والله أعلم. 

ނުކުޅެދޭ މީހަކާދޭތެރެ އިހާނެތިކޮށް ކަންތަށް ކުރުންމީ ކޮންކަހަލަ ކަމެއްތޯ؟

އެއްވެސް މީހަކާ މެދުގައި އިހާނެތިކޮށް ކަންތައް ކުރުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއް ނޫނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކިން ބޮޑަށް ހެޔޮކޮށްހިތަންވާނެއެވެ.

والله أعلم. 

ދެއާލަމަށް ފުރާނަ ލެއްވި ޖަނަވާރު ގެ މަސް ކެއުމަކީ ކޮންކަހަލަ ކަމެއް؟ މި ބުނުއްވީ މިސާލަކަށް ވެލާ މަސް (ވެލަޔަކީ ކަނޑުގައި އުޅޭ އަދި އެއްގަމަށް އަރާ ނޭވާލާ ޖަނަވާރެއް) ދެއާލަމަށް ފުރާނަ ލެއްވި އެއްޗެއްސަށް އަޅުގަނޑުމެން މިކިޔަނީ ކަނޑުގައި އުޅޭ ވައިގެ ތެރެއަށް ނޭވާ ލާ ޖަނަވާރުން... 

ވެލާމަސް ކެއުމަކީ ހުއްދަކަމެކެވެ. والله أعلم.

ރޯދަމަހު ހެނދުނު އިރުއެރުމަށްފަހު ނިދުމަށްފަހު ހޭލެވުނުއިރު ހުރީ ކުރިމަތިފަރާތް ތެމިފައެވެ ވީމާ އޭނަގެ ރޯދަ ރަނގަޅުވާނެތޯއެވެ؟ 

އިޙްތިލާމް ވުމުން ނުވަތަ ނިދާފައި އޮއްވާ މަނިބޭރުވުމުން ރޯދަ އަށް އަޘަރެއް ނުކުރާނެއެވެ. والله أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން