ވަންހަނާ ކުރައްވަވާފައިވާ ހުކުރު ދުވަހުގެ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުކޮޅު ނުއެނގިގެން ކަންބޮޑުވުމުގެ ބަދަލުގަ ދުޢާ ޢިޖާބަކުރައްވަވާނެކަން ޔަޤީންވާ މިވަޤުތުކޮޅުގެ ބޭނުން ނުހިފަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ވަންހަނާ ކުރައްވަވާފައިވާ ހުކުރު ދުވަހުގެ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުކޮޅު ނުއެނގިގެން ކަންބޮޑުވުމުގެ ބަދަލުގަ ދުޢާ ޢިޖާބަކުރައްވަވާނެކަން ޔަޤީންވާ މިވަޤުތުކޮޅުގެ ބޭނުން ނުހިފަނީ ކީއްވެ؟

ހުކުރު ދުވަހުގައި މުސްލިމް އަޅަކު ކަމަކަށް އެދިގެން ދުޢާކޮށްފިނަމަ އެމީހާގެ ބޭނުން ފުއްދަވައިދެއްވަވާނެ ވަޤުތުކޮޅެއްވާކަން ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. އެހެނަސް އެވަޤުތުކޮޅު ވަނީ ވަންހަނާ ކުރައްވަވައިފައެވެ. އޮތީ ލިބިގަންނަން މަސައްކަތްކުރުމެވެ. 

ގިނަ ޢިލްމުވެރިން ބަޔާންކުރައްވަވާ ގޮތުގައި އެވަޤުތުކޮޅު ވަނީ ހުކުރުދުވަހުގެ އިރުއޮއްސުމަށް އެންމެ ފަހު ގަޑީގައެވެ. އެހެންވެ އެވަޤުތުގައާއި ހުކުރު ދުވަހުގެ އެނޫންވެސް ވަޤުތުތަކުގައި އެ ވަޤުތުކޮޅު ލިބިގަންނަން ގިނަ ބައަކު ދުޢާކުރެއެވެ. އަދި އެވަޤުތުކޮޅު އެނގެން ނެތުމުން ކަންބޮޑުވެގެންވެސް އުޅެއެވެ. 

އަހުރެންގެ ބަހަކީ އެއްވެސް ކަމެއް ﷲ ތަޢާލާ ވަންހަނާ ކުރައްވަވައިފިނަމަ އެކަމުގައި ވަރަށް ބޮޑު ޙިކުމަތެއް އޮންނާނެއެވެ. އަދި ކަމެއް ވަންހަނާ ކުރެއްވެވީތީ ޝަކުވާކޮށް ކަންބޮޑުވުމެއްވެސް ނެތެވެ.

ދެން ބަލައިލަންވީ ހަމަ އެފަދަ ގޮތަކަށް ދުޢާ ޢިޖާބަކުރައްވަވާނެކަން ޔަޤީންވާ، އެންމެންނަށް އެވަޤުތަކީ ކޮބައިކަން ޔަޤީންވާ ވަޤުތެއް އެބައޮތެވެ. އަދި އެވަގުތު ކޮންމެ ރެއަކު އަހަރެމެންނާއި ބައްދަލުކުރެއެވެ. މިދައްކަނީ ޜޭގަނޑުގެ 3 ދަންފަޅިން ފަހު ދަންފަޅީގެ ވާހަކައެވެ.  

އެވަޤުތަކީ ހުކުރު ދުވަހުގެ ވަޤުތުކޮޅުހައި ކުޑަކުޑަ ވަޤުތުކޮޅެއްވެސް ނޫނެވެ. ގާތްގަނޑަކަށް 2:30 ހައި އިރެވެ. ގާތްގަނޑަކަށް ރޭގަނޑުގެ މެންދަމުން އަލިވެ 2 ޖެހީންސުރެ 4:30 އަށް ދެމިގެންދާ އެތައް ބައިވަރު ވަޤުތުތަކެކެވެ.

އަހުރެންގެ ސުވާލަކީ ވަންހަނާ ކުރައްވަވާފައިވާ ހުކުރު ދުވަހުގެ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުކޮޅު ނުއެނގިގެން ކަންބޮޑުވުމުގެ ބަދަލުގައި މި ޔަޤީންވާ ވަޤުތުކޮޅުގެ ބޭނުން ނުހިފަނީ ކީއްވެގެންހެއްޔެވެ؟ ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ތަޖައްލީވެވޮޑިގެން ދެއްވަވާ ދައުވަތަށް ޣާފިލުވެ ދުޢާނުކޮށް ނިދަން އޮންނަނީ ކީއްވެގެންހެއްޔެވެ؟

މީސްތަކުންނޭވެ! ކިތަންމެ ގިނައިން އަދި ކިތަންމެ ދިގުކޮށްވެސް މިވާހަކަ ދެއްކިދާނެއެވެ. ނަމަވެސް ފައިދާކުރާނީ އެ ވަޤުތުކޮޅުގެ ބޭނުން ހިފައި ދުޢާކުރުމުންނެވެ. ވީމާ މިކަމަށް އިތުރަށް ވިސްނައި ޢަމަލުކުރަން އަވަހަށް ފަށާށެވެ.

- މަޢްލޫމާތު: ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން