އިތުރު ސުވާލެއް ނުކޮށް އިސްލާމްވި ޒުވާނަކު އިސްލާމްވާން މެދުވެރިވި ޢަޖައިބެއް ފަދަ ސަބަބުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
އިތުރު ސުވާލެއް ނުކޮށް އިސްލާމްވި ޒުވާނަކު އިސްލާމްވާން މެދުވެރިވި ޢަޖައިބެއް ފަދަ ސަބަބުގެ ވާހަކަ-

މާބޮޑު ޢިލްމެއް އެމީހެއްގެ ކިބައިގައި ނެތް ނަމަވެސް ދުނިޔޭގައި ހިނގަމުންދާ ކަންކަމަށް އެކަނި ވިސްނައިލިނަމަވެސް ބުއްދީގެ އަހުލުވެރިއެއްނަމަ ކަލަކު ވޮޑިގެންވާ ކަމާއި ދުނިޔޭގެ ކަންކަްނ ހިނގަމުން މިދަނީ ވަކި ނިޒާމަކުންކަން އެނގި ޤަބޫލުކުރެވޭނެއެވެ. ޢިލްމް ލިބިގެންވާނަ އެނގުން މާފަސޭހަވެސްވާނެއެވެ. އެކަން އެނގިގެންދާ ހާދިސާއެއްގެ ވާހަކަ ކިޔައިދޭނަމެވެ. 

އެއްދުވަހަކު އެމެރިކާގެ އިސްލާމިކް ސެންޓަރަކަށް ޒުވާނަކު ގޮސް އެދުނީ އޭނާއަށް އިސްލާމަކު ކަމުގައިވެވޭނެގޮތް ބުނެދިނުމަށެވެ. އޭނާ އިސްލާމް ދީނަށް ވައްދައިދިނުމަށެވެ. 

ޒުވާނާ މިކަންކަން ހުށަހެޅީ އިތުރު އެއްވެސް ސުވާލެއްވެސް ކުރުމަކާއި ނުލައެވެ. އެހެންކަމުން އިމާމުންވެސް އިތުރު އެއްވެސް ސުވާލެއްވެސް ނުކުރައްވައި އޭނާއަށް ޝަހާދަތްލައިދީ އިސްލާމް ދީނަށް ވައްދަވައިދެއްވިއެވެ. އަދި ނަމާދުކުރުމާއި ދީނުގެ އެހެނިހެން ކަންކަމުގެ މައުލޫމާތުވެސް ދެއްވައި ލިޔުންތަކާއި ސީޑީތައްވެސް ހަދިޔާކުރެއްވިއެވެ. 

އެއިގެ 2،3 ދުވަސްފަހެވެ. މީހުންނަށް ފާހަގަކުރެވުނީ ވަރަށް ފުރިހަމައަށް، ޚުޝޫޢަތްތެރިކަމާއެކު، ވަރަށް ބޮޑަށް ފަރުވާ ބަހައްޓައިގެން ނަމާދުކުރާ ޒުވާނަކު ނަމާދުގެ ޖަމާޢަތަށް އަންނަންފެށިކަމެވެ. 

އެހެންވެ އޭނާގެ ވާހަކަ އޭނާކިޔައިދިނެވެ. 

އޭނާއަކީ ޔަހޫދީ ދެމަފިރިއަކަށް ލިބިފައިހުރި ފިރިހެންދަރިއެކެވެ. ޔުނިވަރސިޓީ ނިންމުމުގެ މަރުޙަލާގައި ޒުވާނާ އެންމެ ބޮޑަށް ކަންބޮޑުވިކަމަކަށް ކުރިމަތިވިކަމަކީ ޙައްޤު ދީނަކީ ކޮބައިކަން ނުއެނގުމެވެ. ދުނިޔެއާއި އެންމެހައި މަޚްލޫޤުން އުފެއްދެވި ކަލަކު ނުއެނގުމެވެ. ދުނިޔޭގައި ހިނގާ ކަންކަން ހިނގަމުން މިދަނީ ކޮންބާރަކުންކަން ނުވިސްނުމެވެ. 

ނަތީޖާއެއްގެ ގޮތުން ހުރިހާ ދީންތަކެއް އޭނާ ދަސްކުރިއެވެ. އިސްލާމް ދީން ވެސް އުނގެނުނެވެ. އެހެންސް ގޮތެއް ނިންމަން އޭނާއަށްވީ ވަރަށް އުނދަގޫ ކަމަކަށެވެ. 

އެންމެފަހުން އެއް ރޭ އޭނާ ކަލާނގެއަށް ދުޢާކުރިއެވެ. "ޙައްޤު ދީނަކީ ކޮބައިކަމާއި އަޅުކަންކުރުން ޙައްްު ކަލަކީ ކޮބައިކަން އޭނާއަށް އަންގަވައިދެއްވެވުމަށެވެ. 

އެރޭ އޭނާއަށް ހުވަފެނުގައި ފެނުނީ ޢީސާ ޢަލަހިއްސަލާމްއެވެ. އޭނާއަށް ވިދާޅުވިއެވެ. "ތިބާ ﷲ ތަޢާލާއަށް އީމާންވެ މުޙައްމަދު ރަސޫލް އަށް ތަބައަވާށެވެ! އިސްލާމް ދީނަށް އަމަލުކުރާށެވެ!" 

އިތުރު އެއްވެސް ސުވާލެއް ނުކޮށް އޭނާ އިސްލާމްވީ އެ ހުވަފެނުގެ ސަބަބުންނެވެ. 

މީސްތަކުންނޭވެ! އެނގިގެން މިދިއައީ އެމީހަކީ ކޮންމެ ދީނެއްގައި ހުރި މީހެއްނަމަވެސް އަދި އެއްވެސް ދީނެއް ޤަބޫލުނުކުރާ މީހަކުނަމަވެސް ތެދުމަގު ހޯދަން މަސައްކަތްކޮށްފިނަމަ އެމީހަކަށް ތެދުމަގު ދައްކަވައި ދެއްވަވާނެ ކަމެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން