މައިންބަފައިން އުފަލުގައި ބައިތިއްބަން ކުރެވިދާނެ 5 ކަމެއް- ކޮށްފިނަމަ ﷲ ގެ ރުހިވޮޑިގަތުން ލިބޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
މައިންބަފައިން އުފަލުގައި ބައިތިއްބަން ކުރެވިދާނެ 5 ކަމެއް- ކޮށްފިނަމަ ﷲ ގެ ރުހިވޮޑިގަތުން ލިބޭނެ! އިން ޝާ ﷲ

ކުޑަކުދިންނަށް ރަޙުމް ނުކުރާ އަދި ޢުމުރުން ދުވަސްވެފައިވާ މީހުންނަށް ޙައްޤު ޤަދަރާއި ޢިއްޒަތް ނުދޭ މީހަކީ ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިންވާ މީހެއް ނޫންކަމަށް ޙަދީޘްފުޅުގައި އޮވެއެވެ.  

އެހެންކަމަށްވާއިރު ދަރިންނަށް ރަޙުމްކޮށް އޯގާތެރިވުމާއި ޢުމުރުން ދުވަސްވީ މީހުންގެ އަގުވަޒަންކޮށް ހެޔޮކޮށްހިތައި އެމީހުން އުފަލުގައި ބައިތިއްބަން ކުރަނމްޖެހޭ މަސައްކަތް އެއޮޮތީ އެނގޭށެވެ.  

ޢުމުރުން ދުވަސްވީ މީހުންގެ ވާހަކަދައްކާނަމަ ފުރަތަމަވެސް ސަމާލުކަންދޭންވީ މައިންބަފައިންނަށެވެ. އެމީހުން އުފަލުގައި ބެއިތިއްބުމަށެވެ. ވީމާ މިކިޔައިދެނީ މައިންބަފައިން އުފަލުގައި ބައިތިއްބަން ކުރެވިދާނެ 5 ކަމެކެވެ.  

1 ބަސްޤަބޫލުކޮށް ކިޔަމަންތެރިވުން

2 ކަންކަންކުރާއިރު މައިންބަފައިންނާ މަޝްވަރާކޮށް ލަފާހޯދާށެވެ. އެކަމަކަސް އެމީހުންދޭ ނަބޭޙަތް ޤަބޫލުކުރާށެވެ. އެކަމުން އެނގިގެންދަނީ އެމީހުންގެ އަގުވަޒަންކުރާ ކަމެވެ.

3 މައިންބަފައިންނަށް ހެޔޮކޮށް ހިތައި އެމީހުންގެ ބޭނުންތައް ފުއްދައިދޭށެވެ. އެމީހުންނަށް ކަމަކަށް ބޭނުންވެއްޖެނަމަ އެކަމެއް ކޮށްދިނުމަށް އަވަސްވެގެންނާށެވެ. އެއީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ.

4 އެމީހުންނަށްޓަކައި ހެޔޮދުޢާކުރާށެވެ. މަރުވުމުންވެސް ހަނދާން ނައްތައިނުލާ ދުޢާކުރަމުން ގެންދާށެވެ. މަރުވުމަށްފަހު ފައިދާކުރާނެ ކަންކަމުގެ ތެރޭގައި ހެޔޮލަފާ ދަރިންގެ ދުޢާ ހިމެނޭކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

5 ތިބާއަށްޓަކައި މައިންބަފައިން ކޮށްދިން ކަންކަން ފާހަގަކޮށް އެކަންކަމަށް ޝުކުރުއަދާކުރާށެވެ. އެއިރުން އެމީހުން ތިބާއަށްޓަކައި އުފުލި ބޮޑުބުރައިގެ އަގު ތިބާވަޒަންކުރާކަން އެމީހުންނަށް ޤަބޫލުކުރެވި އެކަމަށްޓަކައި އުފާކުރާނެއެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން