މާތް ﷲ އެކަލޭގެފާނަށް ރުއްސުން ލެއްވެވި އަބޫޒުހައިރު، ޢުމާރަތު ބުނު ރުވައިބާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލް ﷺ ޙަދީޘްފުޅު ކުރައްވަވާތީ ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވެވިއެވެ.
"{އިރުއެރުމުގެ ކުރީގައްޔާއި އިރުއޮއްސުމުގެ ކުރީގައި (އެބަހީ: ފަތިސްނަމާދާއި ޢަޞްރުނަމާދު) ކުރުމަށް އާދަކޮށްފި އެއްވެސް މީހަކު (ދަންނާށެވެ!) ހަމަކަށަވަރުން، އެމީހަކު ނަރަކައިގެ އަލިފާނުގެތެރެއަށް ނުވަންނަހުއްޓެވެ.}
ރިޔާޟުއްޞާލިޙީން: 1048
މިއީ މިދެ ނަމާދުގެ މަތިވެރިކަން ބަޔާންކޮށްދޭ ޙަދީޘްފުޅުތަކުގެ ތެރެއިން ޙަދީޘްފުޅެކެވެ. ހަމައެކަނި މިދެނަމާދުކުރުމުން ފުދެނެކަމުގެ ދަލީލެއް ނޫނެވެ.