އީދު ބަންދުގައި ބީއެމްއެލް ގެ ޚިދުމަތް ސައްބީސް ޖޫން ގައި ދޭނެ

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
އީދު ބަންދުގައި ބީއެމްއެލް ގެ ޚިދުމަތް ސައްބީސް ޖޫން ގައި ދޭނެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ނިންމަވާފައިވާ ގޮތަށް، އަޟްޙާ އީދާ ގުޅިގެން އަންނަ ބަންދު ދުވަސްތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވާނީ 26 ޖޫން 2023 ވަނަ ދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ކަމަށް އެބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން ބުނެފައިވަނީ ބަންދު ދުވަސްތަކުގައި، އެދެނީ އިންޓަރނެޓް ބޭންކިންގ އަދި މޯބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިންގ ހިދުމަތް ހޯއްދެއްވުން ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

 

 

މިއަދު އޮންލައިން