ހިނައިގަންނަން ހަނދާންނެތުމުގެ ސަބަބުން ހިނައި ނުގަނެވި ހުކުރަށް ގޮސްހުއްޓާ ހަދާންވުމުން ޢަމަލުކުރާނީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ހިނައިގަންނަން ހަނދާންނެތުމުގެ ސަބަބުން ހިނައި ނުގަނެވި ހުކުރަށް ގޮސްހުއްޓާ ހަދާންވުމުން ޢަމަލުކުރާނީ ކިހިނެއް؟

އިސްލާމް ދީނަކީ ދީނުގެ އިންތަކުގެ ތެރެއިން ދެމަފިރިން އުފާކުރުމުގައި އެއްވެސް ހުރަހެއް އޮތް ދީނެއް ނޫނެވެ. ނަމަވެސް މުހިންމު ކަމަކީ ދީނުގައިވާ ގޮތަށް ޢަމަލުތައް ބެހެއްޓުމެވެ. ޖުނުބުވެރިވެއްޖެނަމަ ހިނައިގަތުމަށް އަވަސްވެގަތުމަކީ ގިނަ މައްސަލަތަކުން ސަލާމަތްވެވޭނެ ކަމެކެވެ. އަދި އެންމެ ފައިދާހުރި ގޮތްވެސްމެއެވެ.

ދެމަފިރިން ބޭނުންވެއްޖެނަމަ ހުކުރު ދުވަހު ހެނދުނުވެސް ޖިމާޢުވެވިދާނެއެވެ. އެންމެ ރަނގަޅު ގޮތަކީ އަވަހަށް ހިނައިގަތުމެވެ. ނަމަވެސް ހުކުރަށްދާން ފެންވަރާއިރު ހިނައިގަންނަން ބައެއް މީހުން މަޑުކުރެއެވެ. އެހެންހުއްޓައި ހުކުރަށްދާން ހިނައިގަތްއިރު ހަނދާންނެތި ހިނައިނުގަނެވުން ފަދަ ގޮތެއް މެދުވެރިވެދާނެއެވެ. އެފަދަ ގޮތެއް މެދުވެރިވެ ހިނައި ނުގަނެވި ހުރެ މހުކުރަށް މިސްކިތަށް ދިއަފަހުން އެކަން ހަނދާންވެއްޖެނަމަ ޢަމަލުކުރަންޖެހޭނީ ކިހނަކުންތޯއެވެ؟

އަލްއުސްތާޛު އަޙްމަދު ނިޡާމްގެ ޖަވާބު:

ދެޙަދަޘުން ޠާހިރުނުވާ ޙާލުގައި ކުރާ ނަމާދަކީ ޞައްޙަ ނަމާދެއްކަމުގައި ނުވާނެއެވެ. ހުކުރުނަމާދަށް ފެންވެރިއިރު، ޖުނުބުވެރިކަމުން ޠާހިރުވުމަށާއި ހުކުރުނަމާދަށް ހިނައިގަތުމަށް ނިޔަތްގަތްނަމަ، އެއްހިނައިގަތުމުން ދެކަމަށްވެސް ފުދުނީހެވެ. އެހެންނަމަވެސް ފެންވެރިއިރު ނިޔަތްގަނެވިފައިނުވާތީ، މިޙާލަތުގައި އޮތް އެންމެ ރަނގަޅު ގޮތަކީ މިސްކިތުން ފައިބައިގެން ގެއަށް ގޮސް، ހިނައިގަނެ މެންދުރު ނަމާދުގެ ހަތަރު ރަކްޢަތް ކުރުމެވެ. މިގޮތަށް ދިމާވީ ހަނދާންނެތުމުގެ ސަބަބުންކަމަށް ވުމުން އިރާދަކުރެއްވިއްޔާ ހުކުރުނަމާދުގެ ޘަވާބުވެސް ލިބޭނެއެވެ.

والله أعلم

މިއަދު އޮންލައިން