އިމާމް މުފްތީ މެންކް ވިދާޅުވާފަދައިން ބައެއް ވާހަކަތަކަކީ ދައްކަން ލަދުވެތި ނަމަވެސް ނުދައްކައި މިއަދު ވާން ނެތް ވާހަކަތަކެވެ.
މިއަދުގެ ޙާލަތަށް ބަލައިފިނަމަ ބަރަހަނާ ފިލްމުތައް ބަލައި އެއިން ފެންނަ ކަންކަން ކުރަން ބޭނުންވެގެން އޮންލައިން ފިހާރަތަކުން "ސެކްސްޓޯއީޒް" ގަނެގެން ކުރެވޭ ކަންކަމުގެ ސަބަބުން އަނބިންގެ ގުނަވަނަށް ދަނީ ބޮޑެތި ގެއްލުންތައް ލިބި ނުރައްކާތެރި ބަލިތައް ޖެހެމުންނެވެ. ނަތީޖާއެއްގެ ގޮތުން ގުނަވަނުން ބައެއް ނަގަން ޖެހުންވެސް ދަނީ ޢާންމުވަމުންނެވެ.
ބައެއް މީހުންނަށް ހީވަނީ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބެވިފައި ޢުމުރުން ޒުވާންވީމާ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށެވެ. ނަމަވެސް އެއީ ކުށްހީއެއްކަމާއި ނުރައްކައުތެރި ޙާލަތުތައް މެދުވެރިވަމުން އަންނަކަން ދަނީ އެނގި ޘާބިތުވަމުންނެވެ.
މިކަމުގައި ދިމާވާ އެންމެ ހިތާމަވެރި ޙާލަތަކީ އަނބިމީހާއަށް އެފަދަ ގެއްލުމެއް ލިބުމުން އެކުގައި އިތުރަށް އުޅެން ބޭނުން ނުވެގެން ވަރިކޮށް ނިކަމެތިކޮށްލެވޭ ކަމެވެ. ވީމާ މިއީ އަނބިން އެމީހުންގެ އަމިއްލަ ނަފްސަށްޓަކައި ވެސް ވިސްނައި ހޭލުންތެރިވާންޖެހިފައިވާ ކަމެކެވެ.
ޖިމާއުވާއިރު ފިރިމީހާގެ އެދުންއަވަހަށް ފުދޭތީ މިކަމަށްތައްޔާރުކޮއްފައިހުންންތަކެތި (ރަބަރު ޒަކަރުގޮތަށް ހަދާފައިހުންނަ) ފިރިމީހާގެއަތުން ބޭނުންކުރުން ހުއްދަވާނެތޯ؟
އަނބިމީހާގެ އެދުން ފުއްދައިދިނުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބު ކަމެކެވެ. ނަމަވެސް ރަބަރު ޒަކަރު ގެ ބޭނުން ހިފުން ހުއްދަ އެއް ނުވާނެއެވެ. ތިމާގެ ހިތުގައި ޣީރަތްތެރި ކަމެއް ހުރި، އަނބިމީހާ ދެކެ ލޯބިވާ ފިރިޔަކު އޭނާގެ އަންހެނުންގެ ފަރްޖުގެ ތެރެއަށް ރަބަރާ އެލްމިނިޔަމް އަދި އެނޫންވެސް މަޞްނޫޢީ ތަކެތި ކޮއްޕައެއް ނުހަދާނެއެވެ. والله أعلم.