ދަރިން މިފަދައިން ތަރުބިއްޔަތުކުރެވިއްޖެނަމަ ޝައިޠޯނުންނަށް ވައިވެސް ނޭޅެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދަރިން މިފަދައިން ތަރުބިއްޔަތުކުރެވިއްޖެނަމަ ޝައިޠޯނުންނަށް ވައިވެސް ނޭޅެވޭނެ! އިން ޝާ ﷲ

އަހުރެމެންގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ މައިންބަފައިން އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ ކޮންމެވެސް ބައަކު ދަރިފުޅަށް ވަސްވާސްދީ މަގުފުރައްދައިލާތީއެވެ. ޝައިޠޯނާގެ ބަހަށް ހެއްލިގެންދާތީއެވެ.

ތިރީގައިވާ ލިޔުން ވިސްނުންތެރިކަމާއިއެކު ވިދާޅުވެލައްވާށެވެ! ދަރިންނަށް ވަސްވާސް ނުދެވޭނެ ގޮތަށް ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިންގެ ވަކިން ޚާއްޞަކޮށް މައިންގެ ދައުރު ވިސްނިލައްވާނެއެވެ. އިން ޝާ ﷲ

ވިސްނަވައިލައްވާށެވެ! ހަމައެކަނި ސިއްރު ހިފެހެއްޓުމަކަށް ނޫނެވެ. ކޮންމެ ކަމެއްގައިވެސް ﷲ ގެ މަގުގައި ދަރިންނަށް ޘާބިތުކަން ލިބުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މައިންބަފައިންނެވެ. ޚާއްޞަކޮށް އެކުދިންނާއިއެކު ގިނަ ވަޤުތުތައް ހޭދަކުރާ މައިންނެވެ.

ޝައިޚުގެ ބަސްފުޅު:

ތުއްޕުޅު އަނަސްގެފާނުގެ ގެއަށްވަޑައިގަތުން ލަސްވި ސަބަބާއިމެދު މަންމާފުޅު އުންމު ސުލައިމް ސުވާލުކުރެއްވުމުން ވިދާޅުވީ ރަސޫލާ (ﷺ) ގެ ޙާޖަތެއް ފުއްދަވައިދެއްވުމަށް ވަޑައިގންނަވަން ޖެހިވަޑައިގަތުމުން ލަސްވީކަމުގައެވެ.

އެއީ ކޮން ޙާޖަތެއްތޯ އުންމު ސުލައިމް ސުވާލުކުރެއްވުމުން ދަރިކަލުން އަނަސްގެފާނު ވިދާޅުވީ އެއީ ސިއްރެއްކަމުގައެވެ.

އެހިނދު މަންމާފުޅު އުންމު ސުލައިމް ދަރިކަލުންނަށް ދެއްވި ތަރުބިއްޔަތުގެ އަގުހުރި ނަސޭހަތާއިމެދު ވިސްނަވާށެވެ. "ރަސޫލާ ﷺ ގެ ސިއްރެއްގެ ވާހަކަ އެއްވެސް މީހަކާ ހިއްސާނުކުރާށެވެ"

)ޞަޙީޙް މުސްލިމް 2482)

ދައުލަތުގެ ސިއްރުތަކާއި، އޮފީސް ސިއްރުތަކާއި، ޢާއިލީ ސިއްރުތަކާއި، ރަޙްމަތްތެރިންގެ ސިއްރުތަކަކީ އަމާނާތެކެވެ!

--ޝައިޚް އަޙްމަދު ރިމާޒް

 

މިއަދު އޮންލައިން