ނޫހުގެފާނުގެ ފުރާނަ ހިއްޕެވި ވަޤުތު މަރުގެ މަލާއިކަތާ އާއި ނޫޙުގެފާނާއި ދެއްކެވި ޢިބްރަތްތެރި ވާހަކަފުޅު-: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ނޫހުގެފާނުގެ ފުރާނަ ހިއްޕެވި ވަޤުތު މަރުގެ މަލާއިކަތާ އާއި ނޫޙުގެފާނާއި ދެއްކެވި ޢިބްރަތްތެރި ވާހަކަފުޅު-: ޢުމަރު ސުލައިމާން

އަހަރެމެންނަށް މިއުޅެނީ ދުނިޔޭގައި 100 އަހަރު އުޅެވުނަސް މަދުވެގެންނެވެ. އަދި ކިތަންމެ ގިނަ ދުވަހަކު އުޅެވުނަސް ހަމަ މަދުވެގެންނެވެ. އެހެން ނުވާނީ ކީއްވެގެންހެއްޔެވެ؟ މުޅި ދުނިޔެ ނިމެންދެން ދުނިޔޭގައި ލެއްވެވި ނަމަވެސް އެއްވެސް މީހެއްގެ ހިތް ފުރޭނީއެއް ނޫނެވެ. 

2000 އަށްވުރެ ގިނަ އަހަރު ދުނިޔޭގައި ލެއްވެވުނު ނޫޙޫގެފާނުގެ މިބަސްފުޅުތަކުން ޢިބްރަތް ޙާޞިލުކުރައްވާށެވެ! 

ބައެއް ރިވާޔަތްތަކުން އެނގެން އޮތް ގޮތުގައި އެންމެ ގިނަ ދުވަހު ދުނިޔޭގައި އުޅުއްވެވި ރަސޫލްބޭކަލަކީ ނޫޙް ޢަލައިހިއްސަލާމްއެވެ. މީސްތަކުންނަށް ދީނަށް ގޮވާލެއްވެވުމުގައި 950 އަހަރު ހޭދަކުރެއްވެވިކަން އެނގެން އޮތް ނަމަވެސް އެއިގެ ކުރިން ދުނިޔޭގައި ހޭދަކުރެއްވެވި މުއްދަތާއި ފެންބޮޑުވުމަށްފަހު ދުނިޔޭގައި ހޭދަކުރެއްވެވި މުއްދަތު އެނގޭކަށް ނެތެވެ. ނަމަވެސް ފެންނަންހުރި ރިވާޔަތްތަކުން 2000 އަށްވުރެ ދިގު މުއްދަތެއްގައި ދުނިޔޭގައި އުޅުއްވެވިއެވެ. 

ވިސްނައިލާށެވެ. މިއީ 2020 އެވެ. ވީމާ ނޫހްގެފާނު އެވަނީ އެއަށްވުރެ ދިގު މުއްދަތެއްގައި ދުނިޔޭގައި އުޅުއްވަވައިފައެވެ. ވީއިއރު ކިހައި ބައަކު މަރުވެ ވަޅުލެވުނުތަން ވާނީ ފެނިވަޑައިގެންފައިހެއްޔެވެ؟ 

ބުނެވޭ ގޮތުން ނޫޙްގެފާނުގެ ފުރާނަހިއްޕެވުމަށް މަރުގެ މަލާއިކަތާ ވަޑައިގެން އެކަލޭގެފާނުގެ ޢުމުރުފުޅު ތަޖުރިބާ ކުރެއްވެވި ގޮތާއިބެހޭގޮތުން ސުވާލުކުރެއްވެވިއެވެ. ޖަވާބުގައި ޙަޔާތްޕުޅު ސިފަކޮށްދެއްވަވަމުން ވިދާޅުވިއެވެ. "ސިފަކުރެއްވެވެނީ ދެ ދޮރު ހުރި ކުޑަ ގެއަކަށް ވަދެވަޑައިގެންނެވުނުކަމަށެވެ. ގޭގެ އެއްދޮރުން ވަދެވަޑައިގެން މެދުގައި ހުއްޓިވަޑައިގެން ކުޑައިރުކޮޅަކު މަޑުކުރެއްވެވުމަށްފަހު އަނެއްދޮރުން ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގެންނެވިކަމަށެވެ." 

މިއީ ޙަދީޘްފުޅެއް ނޫނެވެ. ނަމަވެސް އިތުބާރުހުރި ރިވާޔަތްތަކުން އެނގެންހުރިކަންކަމެވެ. ޢިބްރަތުން ފުރިގެންވާ ކަންކަމެވެ. 

ވިސްނައިލާށެވެ. އެއީ 2000 އަހަރަށްވުރެ ގިނަ ދުވަހު ދުނިޔޭގައި އުޅުއްވެވުނު ނޫހްގެފާނަށް އެކަލޭގެފާނުގެ ޙަޔާތްޕުޅު ސިފަކުރެއްވެވިގޮތެވެ. އަހަރެމެންގެ ތެރެއިން ދުނިޔޭގައި 100 އަަހރުވަންދެންވެސް މިތިބެވެނީ ވަރަށް މަދު މީހަކަށެވެ. 

ވީމާ ދުނިޔޭގައި ހޭދަކުރަން ލިބޭ ކުރު މުއްދަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ގިނަގިނައިން ޤަބުރުސްތާނުތަކަށް ޒިޔާރަތްކޮށް މަރުހަނދާންކުރާށެވެ! ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމަށް ތައްޔާރަށް ހުންނަން ފަސޭހަވާނީ އެއިރުންނެވެ. 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން 

https://www.facebook.com/submittoallahofficial/videos/1883327391822916

 

މިއަދު އޮންލައިން