މަންމަ ޙައްޖަށްދާން ބޭނުންވެގެން އިންދާ މަންމަ ހިތްދަތިކޮށްފަ ޙައްޖަށް ދިއުން ހުއްދަތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
މަންމަ ޙައްޖަށްދާން ބޭނުންވެގެން އިންދާ މަންމަ ހިތްދަތިކޮށްފަ ޙައްޖަށް ދިއުން ހުއްދަތޯ؟

އަޅުގަޑު އަތުގައި ހުރީ ހަމައެކަނި އެކަކު ހައްޖައް ދިއުމަށް ދައްކަންޖެހޭ ވަރަށް ފައިސާ ޖަމާކުރެވިފައެވެ. ނަމަވެސް މަންމަ މާކުރީންސުރެ ވެސް ހައްޖަށްދާން ބޭނުން ވެގެން އެވާހަކަ ދައްކައެވެ. މަންމަ ނުފޮނުވައި އަޅުގަޑު ގޮސްފިނަމަ މަންމައަށް ހާޓްއެޓޭކް ޖެހިދާނެ ކަމުގެ ބިރުއެބައޮތެވެ. އަޅުގަޑުގެ އުމުރަކީ 28 އަހަރެވެ. ދެން ހަދާނީ ކިހިނެއްތޯއެވެ؟

އިސްލާމްދީނުގައި މިކަމުގެ ޙުކުމް އޮތްގޮތް މަންމަ އަށް ވިސްނައިދޭށެވެ. އިންޝާ ﷲ މަންމަ ގަބޫލު ކުރާނެއެވެ. ނޫންނަމަ ތިބާގެ މައްޗަށް ޙައްޖު ފަރްޟު ނުވަނީ އެވެ. ޙައްޖު ފަރްޟުވެގެންވަނީ ހަމައެކަނި ފައިސާގެ ތަނަވަސްކަން ލިބުމަކުން ނޫނެވެ. ޙައްޖުގެ ދަތުރުކުރުމުގެ މަގު އަމާންވުމަކީވެސް ޙައްޖުގެ ކުޅަދާނަކަން ލިބުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެހެނީ މަންމަ ނުގެންގޮސް ޙައްޖަށް ހިނގައްޖެނަމަ މަންމައަށް ހާޓްއެޓޭކެއް ޖެހުން ފަދަ ކަމެއް މެދުވެރިވެދާނެކަމުގެ ޔަޤީންކަން އޮތްނަމަ (އަދި އެފަދަ ކަމެއް މެދުވެރިވެދާނެކަމަށް ބެލެވޭނަމަވެސް) މަންމަގެ ފުރާނައަށް ނުރައްކައުވެދާނެ ފަދަ ކަމެއް ކުރާކަށް ނުވާނެއެވެ.

والله أعلم.

އިތުރު ސުވާލާ ޖަވާބު:

އައްސަލާމް ޢަލައިކުމް! ﷲ ތަޢާލާއީ އެއްވެސް އެއްޗަކަށް ބޭނުންވެ ވޮޑިގެންވާ އިލާހެއްނޫން! އެކަނލާގެއަށް އަނބިކަނަބަލކު، ދަރިއަކަށް އަދި އެކުވެރިއަކަށް ބޭނުންވެ ވޮޑިގެނެއް ނުވޭ1 އެހުރިހާ ކަމަކުން އެކަނލާގެ ހުސްޠާހިރުވަންތަ! މިކަންމިހެން ހުރުމާއެކު އެކަނލާގެ އިބްރާހީމް ޢަލައިހިއްސަލާމް ޚަލީލަކު(އެކުވެރިއަކު) ކަމުގައި ހިއްޕެވީ ކީއްވެތޯ؟

އިބްރާހީމް ޢަލައިހިއްސަލާމަކީ ﷲ ގެ ޚާލީލެއްގެ ގޮތުގައި ހަމަޖެއްސެވުމަކީ އިބްރާހީމް ޢަލައިހިއްސަލާމަށް ދެއްވި ޝަރަފެކެވެ. ﷲ ތަޢާލާ އަށް ޚަލީލަކު ނުވަތަ އެހީތެރިޔަކުވެސް ބޭނުންފުޅު ވޮޑިގެންނެއް ނޫނެވެ. والله أعلم.

ހިލޭ ފިރިހެނުންގެ ސައިކަލް ފަހަތަށް އެރުމަކީ ކޮންކަހަލަ ކަމެއްތޯ؟

ހިލޭ ފިރިހެނުންގެ ސައިކަލް ފަހަތަށް އެރުމަކީ ހުއްދަ ކަމެއް ނޫނެވެ. والله أعلم.

 

 

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

 

މިއަދު އޮންލައިން