މުސްލިމުންގެ ތެރެއިން ވަރަށް ގިނަ ބައަކު ޢަރަފާތު ދުވަހު ރޯދަ ހިފައެވެ. އެއީ މަތިވެރިވެގެންވާ އަޅުކަމެކެވެ. މިވަޤުތު ފާހަގަކޮށްލަން މިއުޅެނީ ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހު އެކުގައި ރޯދަހިފުމުގެ ވާހަކައެވެ.
ޢާނއެކެވެ! ރޭތަކުގެ ތެރެއިން އެންމެ އިތުރުކަންބޮޑު، މާތްކަން ލިބިގެންވާ ޜޭތަކަކީ ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކެވެ. ހަމައެފަދައިން ދުވަސްތަކުގެ ތެރެއިން އެންމެ އިތުރުކަން ބޮޑުވެގެންވަނީ ޛުލްޙައްޖު މަހުގެ ފުރަތަމަ 10 ދުވަހެވެ.
އެއިގެ ތެރެއިން ޢީދު ދުވަހަކީ ރޯދަހިފުން ޙަޜާމް ދުވަހެކެވެ. ވީމާ ރޯދަހިފުން އޮތީ ފުރަތަމަ ދުވަހުން ފެށިގެން 9 ވަނަ ދުވަހަށެވެ. 9 ވަނަ ދުވަހަކީ ޢަރަފާތު ދުވަހެވެ. ފުރަތަމަ 9 ދުވަހު ރޯދަ ހިފުމުން ޢަރަފާތު ދުވަހުވެސް ރޯދަހިފުނީއެވެ.
މީސްތަކުންނޭވެ! ޙައްޖު މަހުގެ އެންމެ މަތިވެރި އަޅުކަމަކީ ޙައްޖުވުމެވެ. ނަމަވެސް ޙައްޖަށް ދިއުމަކީ އެންމެންނަށް ކުރެވެން އޮތް ކަމެއް ނޫނެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް ޙައްޖު މަހުން (ޙައްޖުވުން ފިޔަވައި) ލިބެން އޮތް އެންމެ ގިނަ ޘަވާބު ހޯދަން މަސައްކަތްކުރެވިދާނެއެވެ.
ދުނިޔޭގައި ހުރެވި އިތުރު އަހަރަކު އަހަރުގެ އެންމެ މަތިވެރި 10 ދުވަސް ބައްދަލުކުރުމުން އުފާކޮށް މަރުޙަބާކިޔަންވީ އެދުވަސްތަކުގައި ވީހާ ގިނައިން އަޅުކަން ކުރުމުންނެވެ. އެގޮތުން ކުރަން އޮތް އެންމެ ފައިދާހުރި ކަމަކީ ފުރަތަމަ 9 ދުވަހު ރޯދަހިފުމެވެ. ހީވާގިވެލައިފި މީހަކަށް އެއީ ނުކުރެވޭވަރުގެ ކަމެއް ނޫނެވެ. އޮތީ ޢަޒުމް ކަނޑައަޅައިގެން ހިތްވަރުކޮށްލުމެވެ.
ޢާއިލާއާއި އެކުވެރިންނަށް މިނަޞޭޙަތް ޙިއްޞާކުރާށެވެ! އެންމެ މީހަކު ލައްވައި ނަމަވެސް ރޯދަ ހިފައި ވީހައި ގިނައިން އަޅުަކްނ ކުރުވޭތޯއެވެ. އެއިރުން އެކަމުގެ ފައިދާ ތިބާއަށްވެސް ބޮޑުތަނުން ކުރާނެތީއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ލިޔުމެއް: