ވަކިކަމެއް ކުރުމުން ވަރިވާނެ ކަމަށް ފިރިމީހާ ބުނެފައިވަނިކޮށް އެކަން ކުރެވިއްޖެނަމަ ވަރިވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ވަކިކަމެއް ކުރުމުން ވަރިވާނެ ކަމަށް ފިރިމީހާ ބުނެފައިވަނިކޮށް އެކަން ކުރެވިއްޖެނަމަ ވަރިވާނެތޯ؟

އަނބިމީހާގެ ގާތުގައި ވަކިކަމެއް ކުރުމުން ވަރިވާނެ ކަމަށް ފިރިމީހާ ބުނެފައިވަނިކޮށް އެކަން އަނބިމީހާއަށް ކުރެވިއްޖެނަމަ ވަރިވާނެތޯ؟ 

ތިއަބާވަތުން ޢިލްމްވެރިންނާއި ކުރެވޭ ސުވާލަތަކަށް ދެއްވަވަނީ ދާދި އެއްކަހަލަ ޖަވާބެކެވެ. މިގޮތުން ހަމަ ތިއަ ފަދަކަމެއްގައި ޑރ. އިޔާޟް ދެއްވާފައިވާ ޖަވާބަށް ބައްލަވައިލައްވާށެވެ! 

"އަޅުގަނޑުމެންގެ މުޖުތަމައުގައި ވަރަށް ފަސޭހަކަމާއިއެކު ވަރަށް އާދައިގެ ކަންކަމުގައި އަނބިމީހާ ވަރިއާއި އަޅުވަމުންދެއެވެ. މިއީ ވަރަށް ނުރައްކައުތެރި ކަމެކެވެ. ވަރިއަކީ ސަމާސާއަށް  ކުރެވޭ ކަމެއް ނޫނެވެ. (ވަރިކުރުމަކީ ސަމާސާއަށް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. މާމުހިންމު ކަމެކެވެ.) ވީމާ ކޮންމެހެން ވަރިކުރަން ބޭނުންވެގެން ނޫނީ މިބަސް (ވަރި) ބޭނުން ނުކުރެއްވުމަށް އިލްތިމާސް ކުރަމެވެ."  

"އަނބިމީހާ މާގިނައިން ވަރިއަށް އެދޭތީ އިތުރަށް 3 ފަހަރު ވަރިއަށް އެދިއްޖެ ނަމަ ވަރިވާނެ ކަމަށް ފިރިމީހާ ބުނެފައިވަނިކޮށް އަނބިމީހާ 3 ފަހަރު ވަރިއަށް އެދި ބުނެފި ނަމަ އެހާލަތުގައި ވަރިވާނެ" 

"ކޮންމެހެން ވަރިވާން ބޭނުން ވެގެން ނޫނީ ވަރިއަށް ނުއެދޭށެވެ!"  

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން