ފާލުބެލުމަކީވެސް މުޙައްމަދުގެފާނުގެ މައްޗަށް ބާވާލެއްވުނު ތަކެއްޗަށް ކާފަރުވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ފާލުބެލުމަކީވެސް މުޙައްމަދުގެފާނުގެ މައްޗަށް ބާވާލެއްވުނު ތަކެއްޗަށް ކާފަރުވާނެ ކަމެއް!

ފާލަބަލައިގެން މިހާރު ހިންގާކަންތައް ބެލުމަކީ ދީނުގައި ކޮންކަހަލަ ކަމެއްތޯ؟ އަދި ފާލަބަލައިފިނަމަ ލިބޭނެ ގެއްލުމަކީކޮބާ؟ 

ފާލު ބެލުމަކީ އިސްލާމްދީނުގައި ޙަރާމް ކަމެކެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ.

(من أتى  حائضا أو امرأة في دبرها  أو كاهنا فقد كفر بما أنزل على محمد)

މާނައަކީ: "ޙައިޟުވެރިޔަކާ ޖިމާޢުވެއްޖެ މީހާ އާއި، އަނބިމީހާގެ ފުރަގަސްފަރާތް ބޭނުންކޮށްފިމީހާ އާއި ކާހިނެއްގެ ގާތަށް ގޮސްފިމީހާ މުޙައްމަދުގެ ފާނުގެ މައްޗަށް ބާވާލެއްވުނު ތަކެއްޗަށް ކާފަރުވެއްޖެއެވެ".

والله أعلم. 

އިތުރު ސުވާލާ ޖަވާބު:  

ސިހުރުހަދާ މީހުން ކުރާނަމާދު ކަމުދާނެތޯއެވެ؟ 

ސިޙުރު ހެދުމަކީ ބޮޑު ފާފައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ސިޙުރުވެރިޔަކަށް ވެވެނީ ﷲ އަށް ޝަރީކު ކުރުމަށްފަހުގައެވެ. ވީމާ، ސިޙުރުވެރިންނަކީ މުސްލިމުންނަކަށް ނުވާނެއެވެ. ޣައިރު މުސްލިމުންގެ މައްޗަށް ނަމާދު ވާޖިބުވެގެންނެއް ނުވެއެވެ. އެބައިމީހުން ފުރަތަމަ ޖެހޭނީ ޝަހާދަތުގެ ދެކަލިމަ ކިޔާ އިސްލާމްވާށެވެ. والله أعلم. 

އީމާންކަން ބަލިކަށިވާހެން ހީވާނަމަ ކަންތައް ކުރަންވީ ކިހިނެއް؟ 

އީމާންކަން ބަލިކަށިވާހެން ހީވާނަމަ ގިނަ ގިނައިން ﷲ ޛިކްރުކޮށް ހެދުން މުހިންމެވެ. އަދި ޞަދަގާތް ގިނަ ކުރުމާއި މިނޫންވެސް ހެޔޮ ޢަމަލުތައް ގިނަކުރުން ހުއްޓެވެ. والله أعلم. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

މިއަދު އޮންލައިން