ނިދީން ހޭލެވި ނިދަން އުނދަގޫވާ މީހުންނަށް ޚާއްޞަ ހަދިޔާއެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 4ސ
ނިދީން ހޭލެވި ނިދަން އުނދަގޫވާ މީހުންނަށް ޚާއްޞަ ހަދިޔާއެއް-

ގިނަބައެއްގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވެފައި އޮންނަ އެއްކަމަކީ ނިދިން ހޭލެވުމުން ދެން ނިދިނައިސް އޮންނަން ޖެހުމެވެ. ނިދަން އުނދަގޫވުމެވެ. އެހެންވެ ބައެއް މުސްލިމް ޓްވިޓަރ އެކައުންތްތަކުން ކޮންމެ ރެއަކުވެސް މެންދަން ވުމުން މިފަދަ ދުޢާތައް ޓްވީޓް ކުރެއެވެ. އެއީ ހަނދުމަކޮށްދިނުމުގެ ގޮތުންނެވެ.  

الْحَمْدُ للَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا، وَإِلَيْهِ النُّشُورُ 

މާނައީ: "އެންމެހާ ހަމްދު ތައުރީފެއް ހައްގުވެގެންވަނީ ﷲ އަށެވެ. އެ އިލާހީ އަޅަމެން މަރުގެންނެވުމަށްފަހު، އަޅަމެންނަށް ދިރުން ދެއްވި އިލާހެވެ. އަދި (ކައްވަޅުތަކުން) ތެދުވެގެން ދިޔުންވަނީ އެ އިލާހުގެ ހަޟްރަތަށެވެ."

لَا إِلَهَ إِلاَّ اللَّهُ وَحْدَهُ لَا شَريكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، سُبْحَانَ اللَّهِ، وَالْحَمْدُ للَّهِ، وَلَا إِلَهَ إِلاَّ اللَّهُ، وَاللَّهُ أَكبَرُ، وَلَا حَوْلَ وَلَا قُوَّةَ إِلاَّ بِاللَّهِ الْعَلِيِّ الْعَظِيمِ، رَبِّ اغْفرْ لِ 

މާނައީ: "މެނުވީ އަޅުކަންވެވުން ހައްގުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އެ އިލާހީ އެ އިލާހަށް އެއްވެސް ޝަރީކަކުނުވާ އެއްކައުވަންތަ އިލާހެވެ. އެންމެހާ ވެރިކަމެއްވަނީ އެ އިލާހަށެވެ. އަދި އެންމެހާ ހަމްދު ތައުރީފެއްވެސްވަނީ އެ އިލާހަށެވެ. އަދި އެ އިލާހީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ. ﷲ ހުރިހާ ޢައިބަކުން ހުސްތާހިރުވެ ވޮޑިގެންވެއެވެ. އަދި އެންމެހާ ހަމްދު ތައުރީފެއް ލިބިވޮޑިގެންވަނީ ﷲ އަށެވެ. އަދި ﷲ މެނުވީ އަޅުކަންވެވުން ހައްގުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އަދި އެންމެބޮޑީ ﷲ އެވެ. އަދި ހެޔޮކަމެއް ކުރުމުގެ ބާރެއްވެސް އަދި ނުބައިކަމަކުން ސަލާމަތްވުމުގެ ބާރެއްވެސް، މަތިވެރި ﷲ ގެ ހަޒްރަތުން މެނުވީ ނުވެއެވެ. އަޅުގެ ވެރި ރައްބެވެ! މި އަޅާގެ ފާފަފުއްސަވާނދޭވެ!"

ނިދީން ހޭލެވުމުން ކިޔަންހުރި އެތައް ބައިވަރު ޛިކުރުތަކެއް އެބަހުއްޓެވެ. ހޯދައި ދަސްކުރަން ބޭނުން ކޮންމެ މީހަކަށް އެކަމަށް ފަސޭހަ އެތައް ވަސީލަތްތަކެއް އެބަހުއްޓެވެ. ފޮތްތަކުގެ އިތުރުން އެތައް ބައިވަރު އެޕްތައްވެސް އެބްހުއްޓެވެ.

އަހުރެން ބުނެލަން ބޭނުންވަނީ ނިދީން ހޭލެވިއްޖެނަމަ ފުރަތަމަ ކަމަކަށްވެސް ﷲ ތަޢާލާއަށް ޛިކުރުކުރާށެވެ. އެއަށްފަހު ކެރިކުޅަދާނަވީ މިންވަރަކަށް ރޭ އަޅުކަންކުރާށެވެ. އެކަމަށް ކެރިކުޅަދާނަނުވާނަމަ އެންމެ ކުޑަމިނުން ވުޟޫކޮށްލައި ކޮންމެވެސް އެއްޗެއް ކިޔާލައި ﷲ ތަޢާލާއަށް ދުޢާކުރާށެވެ.

އެކަންކަން ކުރުމަށް ﷲ ތަޢާލާ އާއި ގުޅުން ބަދަހިކުރުންވެސް ކިޔައެވެ. މާނައަކީ ﷲ ތަޢާލާ ޢާއި ކުއްތަންވާން މަސައްކަތްކުރުމެވެ. އެއްވެސް މީހަކު ﷲ ތަޢާލާ ޢާއި ކުއްތަންވާން މަސައްކަތްކުރާނަމަ އެމީހާއަށްވުރެ މާބޮޑަށް ﷲ ތަޢާލާ އެމީހަކާއި ކުއްތަންވެވޮޑިގަންނަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެއިރުން އެމީހާގެ ހުރިހާ ކަްނބޮޑުވުންތަކަކަށް ﷲ ތަޢާލާ ޙައްލު މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން