ޙައްޖުމަސް ފެށުނީއެވެ! މިއަދު ރޯދަހިފިން ހެއްޔެވެ؟ ކުރިއަށް ދުވަސްތަކުގަ އެންމެ މަދުމިނުން ވިވަރަށް ރޯދަހިފަން މަސައްކަތްކުރަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޙައްޖުމަސް ފެށުނީއެވެ! މިއަދު ރޯދަހިފިން ހެއްޔެވެ؟ ކުރިއަށް ދުވަސްތަކުގަ އެންމެ މަދުމިނުން ވިވަރަށް ރޯދަހިފަން މަސައްކަތްކުރަމާ!

ތެދަށް ބުނާނަމަ ޛުލްޙައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަމުގެ ވާހަކަ ދައްކަން ފެށުނީ ވަރަށް ފަހުންނެވެ. އަހަރެމެން ކުޑައިރުވެސް އެވާހަކަ ދައްކައެއް ނުއުޅެއެވެ. އަދި އެދުވަސްތަކަށް ދޭންޖެހޭ ސަމާލުކަމެއް ނުދެވެއެވެ. 

ނަމަވެސް މިއަދު އަހުރެމެން އެކަމުގެ ވާހަކަ އެބަ ދައްކަމުއެވެ. މީސްތަކުން ހޭލުންތެރިކުރުވަން އެބަ މަސައްކަތް ކުރަމުއެވެ. ވީމާ އަޑުއަހާށެވެ! މަސައްކަތް ހުންނަ ގޮތުން މިއަދު ރޯދަ ނުހިފުނު ނަމަވެސް ބުރާސްފަތިދުވަހުން ފެށިގެން ރޯދަހިފަން މަސައްކަތްކުރާށެވެ! އެވަރުވެސް ނުކުރެވޭނެ ނަމަ ބުރާސްފަތި ދުވަހާއި ހަފްތާ ބަންދު 2 ދުވަހު (ހުކުރު ހޮނިހިރު) 2 ދުވަހު ރޯދަހިފައިލާށެވެ. އާދިއްތަ ދުވަހު ނުހިފުނު ނަމަވެސް ހޯމަ ދުވަހާއި އަންގާރަ ދުވަހު ރޯދިހިފާށެވެ! އަންގާރަ ދުވަސް ދިމާވާނީ ޢަރަފާތު ދުވަހަށެވެ. 

އަހުރެން އެންމެ ބޮޑަށް ބާރު އަޅާނީ، އިލްތިމާސްކޮށް އާދޭސްކުރާނީވެސް ހަމަ މި 10 ދުވަސް އެކުގައި ރޯދަހިފުމަށެވެ. އަދި ރޯދަ ހިފުމުގެ އިތުރުން ވީހައިގިނައިން ހެޔޮ ޢަމަލުތައްކޮށް މި 10 ދުވަހުގެ މާތްކަން ލިބިގަތުމަށް މަސައްކަތްކުރުމަށެވެ. 

އަހުރެން އެދެނީ އަހުރެންގެ މިނަޞޭޙަތް ތިއަބައިމީހުންގެ އެކުވެރިންނަށް ވެސް ޙިއްޞާކޮށްދިނުމަށެވެ. އަދި ބުނަން ހެއްޔެވެ؟ އެކުވެރިން ގްރޫޕު އެކުވެގެންވެސް މި 10 ދުވަހުގެ މާތްކަން ލިބިގަންނަން މަސައްކަތްކުރާށެވެ! 

އަހުރެމެންނަށް ދުނިޔެއާއި އާއި އާޚިރަތްވެސް ކާމިޔާބުކުރެވެން އޮތީ އެކަމަށް އެދިގެން ކުރިމަސައްކަތަކުންނެވެ. ހީވާގިވެ މަސައްކަތްކުރިވަރަކުންނެވެ.

ޛުލްޙައްޖު މަހުގެ ފުރަތަމަ 10 ދުވަހާއިބެހޭ ގޮތުން ޑރ. ޒާކިރު ނައިކް ދެއްވާފައިވާ ވަރަށް މުހިންމު ދަރުސެއް އަޑުއައްސަވާލައްވާށެވެ! ގޭގެ އެންމެން އެކުގައި ތިބެގެން މިފަދަ ދަރުސްތައް އަޑުއެހުމަކީ ވަރަށް ފައިދާކުރާނެ ކަމެކެވެ. އިން ޝާ ﷲ 

ޑރ. ޒާކިރު ނައިކްގެ ދަރުސް އަޑުއައްސަވާލެއްވުމަށް:

 

 

 

 

މިއަދު އޮންލައިން