ދަތުރަށްފަހު ކުރާ ނަމާދު- ފަރުވާކުޑަކޮށްލެވިފައިވާ މަތިވެރި ސުންނަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ދަތުރަށްފަހު ކުރާ ނަމާދު- ފަރުވާކުޑަކޮށްލެވިފައިވާ މަތިވެރި ސުންނަތެއް!

މާތް ﷲ އެބޭކަލަކަށް ރުއްސުން ލެއްވެވި ކަޢުބް ބްނު މާލިކްގެ އަރިހުން ރިވާވެގެންވެއެވެ. 

"ހަމަކަށަވަރުން ރަސޫލުﷲ ދަތުރުފުޅަކުން އެނބުރިވަޑައިގެންފިނަމަ، އެންމެ ފުރަތަމަ ވަޑައިގަންނަވަނީ، މިސްކިތަށެވެ. ފަހެ، މިސްކިތުގައި 2 ރަކްޢަތް ނަމާދެއް ކުރައްވަވައެވެ." (ރިޔާޟުއްޞާލިޙީން: 988) 

މިޙަދީޘްފުޅު އޮތްކަންވެސް އެނގެނީ ވަރަށް މަދުމީހަކަށް ކަމަށް ޤަބޫލުކުރެވެއެވެ. މިހެން މިބުނަނީ ޢަމަލުކުރާ މީހުން މަދުކަމުންނެވެ. މިހާރުގެ ޙާލަތަށް ބަލައިފިނަމަ ދަތުރެއް ކޮށްފައި އެނބުރި އަންނަވަގުތު ފަރުޟު ނަމާދެއްގެ ވަގުތު ޖެހުނު ނަމަވެސް އެނަމާދުކުރުންވެސް އޮންނަނީ ފަސްކުރެވިފައެވެ. 

ދަތުރު ނިންމިކަމުގެ ކަންކަމުގައި އުޅެން ހަދައިގެންނެވެ. ދަތުރުގެ ކަންކަން މީހުބްބަށް ކިޔައިދޭންވެގެންނެވެ. ދަތުރުގެ ނަތީޖާ އިޢުލާނުކުރުމަށާއި ހިސާބުކިތާބު ނިންމަން އުލެންހަދައިގެންނެވެ. ރަށުން ބޭރަށް ގޮސްފައި އެނބުރިނަމަ ތިމާ ނެތް ދުވަސްވަރު ކަންކަންވީގޮތް އޮޅުންފިލުވަން ހަދައިގެންނެވެ.

މިހުރިހާ ކަންކަމުގައި އުލެން ހަދައިގެން ދަތުރަށްފަހު ކުރަންވީ ސުންނަތް ނަމާދެއް އޮންނަކަން އެނގެނީވެސް މަދު މީހަކަށެވެ. އެހެންކަމުން މިއީ ދިރުވައި އާލާކުރަންޖެހިފައިވާ ސުންނަތެކެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން