ފަރުވާކުޑަކޮށްލައި އަޑުމަޚްރަޖައާ ނުލާ ޤުރްއާން ކިޔެވުމަކީ ކިހައިވަރެއްގެ ބިރުހުރި ކަމެއްކަން- ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ފަރުވާކުޑަކޮށްލައި އަޑުމަޚްރަޖައާ ނުލާ ޤުރްއާން ކިޔެވުމަކީ ކިހައިވަރެއްގެ ބިރުހުރި ކަމެއްކަން- ޙަދީޘުން

ތެދުބަހުން ބުނާނަމަ ބުނަންޖެހޭނީ ގިނަ ބައަކު ބަލަނީ ކީރިތި ޤުރްއާން ކިޔަވަނީ ކިޔެވިކަމަށް ހަދަންވެގެން ކަމަށެވެ. ދޭންޖެހެ ސަމާލުކަމެއް ނުދެއެވެ. ރިވެތި ރާގަކަށް ކިޔަވަން މަސައްކަތެއްވެސް ނުކުރެއެވެ. ކިޔަވަނީ ކިޔެވުނު އެންމެ އަވަހަކަށެވެ. ބޭނުންވަނީ ވީހައި އަވަހަކަށް ކިޔަވާލާފައި އެހެންކަމަކަށް އަވަހަށް އެނބުރޭށެވެ!

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ޤުރްއާން ކިޔަވާ މީހުންނެވެ. ހެނދުނާއި ހަވީރު ސޫރަތްތައްވެސް ކިޔަވައެވެ. ނަމަވެސް އެއިގެތެރެއިން އެމީހަކަށް ކިޔެވޭ އެންމެ ރިވެތި ރާގަށް ޤުރްޢާންކިޔަވަން މަސައްކަތްކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟

ބަލައިލަންވީ މި ޙަދީޘްފުޅަށެވެ.

"ރީތި ރާގުގަ ކީރިތި ޤުރްއާން ނުކިޔަވައިފި މީހަކީ، ތިމަންމެންގެތެރެއިންވާ މީހެއް ނޫނެވެ." (އެބަހީ: ތިމަންކަލޭގެފާނުގެ ގޮތުގައިވާ މީހެއް ނޫނެވެ." (ރިޔާޟުއްޞާލިޙީން: 1007)

އަޑުމަޚްރަޖައިގެ ރިވެތިކަން އެކި މީހުންނަށް ދެއްވަވާފައިވަނީ އެކި މިންވަރަށެވެ. ރިވެތިކޮށް ކިޔެވުމުގެ ކުޅަދާނަކަމާއި ދޫފަސޭހަކަން އެކި މީހުންނަށް ދެއްވަވަނީ ވެސް އެކި މިންވަރަށެވެ. އެހެންކަމުން ކޮންމެ މީހަކަށްވެސް އޮތީ އެމީހަކަށް ކިޔެވުނު އެންމެ ފުރިހަމައަކަށް ކިޔެވުމެވެ. ކިޔެވޭހައި ރިވެތި ރާގަށް ކިޔެވުމެވެ. ތަޖުވީދުމަގުން ކިޔެވުމަކީ ވާޖިބެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން