ކައްވަޅުގެ ހަޔާތް- "ބަރުޒަޚުގެ ޢާލަމް"- ޤުރްއާނުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކައްވަޅުގެ ހަޔާތް- "ބަރުޒަޚުގެ ޢާލަމް"- ޤުރްއާނުން

ކައްވަޅުގައި ހޭދަކުރަންޖެހޭ ބަރުޒަޚްގެ ޢާލަމްގެ ދުވަސްތަކާއިބެހޭގޮތުން ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އެންމެ އާޔަތެކެވެ. އެއީ އަލްމުއްމިނޫން ސޫރަތުގެ 100 ވަނަ އާޔަތެވެ. އެއާޔަތުގައި ވަޙީކުރައްވަވާފައިވަނީ މިފަދައިންނެވެ.

"(އެއީ) ތިމަންފަހަތަށް ދޫކުޅަ ކަންތަކުގައި ޞާލިޙް ޢަމަލު ކުރުމުގެ އެދުމުގައެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއީ އޭނާ ބުނެލާ ބަހެކެވެ. އަދި އެއުރެންގެ ފަހަތުގައިވަނީ ފަރުދާއެކެވެ. އެއުރެން އަލުން ދިރުމަކަށް ފޮނުއްވާ ދުވަހަކަށްދާންދެނެވެ." (އަލްމުއްމިނޫން: 100)

ބަރުޒަޚުގެ މާނައަށް ބަލައިފިނަމަ އެއީ ދެމެދުގައިވާ ހުރަހެކެވެ. ނުވަތަ ފަރުދާއެކެވެ. ވީމާ ބަރުޒަޚުގެ ޢާލަމްގެ މާނައަކީ މަރުވުމަށްފަހު އެމީހަކާއި ޤިޔާމަތް ދުވަހާއި ދެމެދުގައިވާ ދުވަސްތަކެވެ. ޤިޔާމަތްދުވަހަށްޓަކައި ކައްވަޅުގައި އިންތިޒާރުކުރަންޖެހޭ ދުވަސްތަކެވެ.

ބަރްޒަޚުގެ އެއްވެސް ކަމަކީ އިންސާނުންނަށް ފެންނާނެ ކަންކަމެއް ނޫނެވެ. ﷲ ތައާލާ ވަޙީކުރައްވަވާފައިވެއެވެ. "އެކަލާނގެ ދެކަނޑު (އެބަހީ ކޯރާއި ކަނޑު) ހައްދަވައި، ފޮނުއްވިއެވެ. އެ ދެކަނޑު ހިނގަމުންގޮސް ބައްދަލުވެއެވެ. (.) އެދެކަނޑު ދެމެދުގައި ހުރަހެއްވެއެވެ. އެދެކަނޑުވެސް އެއްކަނޑު އަނެއްކަނޑެއްގެ މައްޗަކަށް އަރައެއް ނުގަނެތެވެ(.)" (އައްރަޙްމާން: 19،20)

ޢިލްމުވެރިން ބަޔާންކުރައްވާގޮތުގައި މިއީ ރެޑްސީ ޢާއި ޢަރަބި ކަނޑެވެ. އެދެމެދުގައިވާ ހުރަސް ނައްތައެއް ނުލެވޭނެއެވެ.

--ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން