ބުފޭއިން ނެގުމަށްފަހު ނުކައި ބާކީކުރާ ތަކެއްޗަށް އަގުނަގާ ރެސްޓޯރަންޓްތައް އެބަހުރި-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ބުފޭއިން ނެގުމަށްފަހު ނުކައި ބާކީކުރާ ތަކެއްޗަށް އަގުނަގާ ރެސްޓޯރަންޓްތައް އެބަހުރި-: މުފްތީ މެންކް

ހަމަކަށަވަރުން، އިސްރާފު ކުރާ މީހުންނީ، ޝައިޠާނުންގެ އަޚުން ކަމުގައިވޫއެވެ. އަދި ޝައިޠާނާ، އޭނާގެ ވެރިރަސްކަލާނގެއަށް ވަރަށް ބޮޑަށް ކާފިރުވާ ކަމުގައިވިއެވެ."

(އަލްއިސްރާ: 27) 

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތް ގޮތް މިހާރު އެނގިއްޖެ ނޫންހެއްޔެވެ؟ ދެން އޮތް ބަޔާއިގެން ކުރިއަށްދާން މަސައްކަތްކުރަމީ ހިނގާށެވެ! 

މިއަދު މިއީ ދައްކަން ލަދުގަންނަންޖެހިފައިވާ ވާހަކައެކެވެ. ރެސްޓޯރަންޓެކެވެ. މުސްލިމުންނާއި ކާފިރުންވެސް ވަދެއުޅެއެވެ. އެތަނުގައި އިނދެގެން ރަނގަޅަށް ބަލާށެވެ! ކާފިރުންގެ ތެރެއިން ވަރަށް މަދު މީހަކު ނޫނީ ބުފޭއިން ނެގިތަކެތި ކައިހުސްކުރާނެއެވެ! މުސްލިމުންގެ ކިބައިން ފެންނާނީ އެއިގެ އަނެއްކޮޅެވެ. ވަރަށް މަދު މީހާކު ނޫނީ ނެގިތަކެތި ހުހެއް ނުކުރާނެއެވެ. އިސްރާފްކުރާނެއެވެ.  

އަހަރެންނަށް ދެވުނު ރެސްޓޯރަންޓެއްގައި ބުފޭއިން ވަރަށް ހެޔޮ އަގުގައި ކާންލިބެއެވެ. ނަމަވެސް ނުކައި ބާކިކުރާތަކެއްޗަށް އިތުރު ފައިސާނަގައެވެ. އެއިރުން ކެއުމުގެ އަގު ބޮޑުވެގެންދެއެވެ. އެޗޭނުގެ ރެސްޓޯރަންޓައް ސިންގަޕޫރާއި މެލޭސިޔާ އަދި ފިލިޕީންސްގައި ހިންގައެވެ. ކެއުމުގެ އަގުހެޔޮކަމުން ގިނަ ބައަކު ޚިދުމަތް ހޯދާކަންވެސް ފާހަގަކުރެވެއެވެ. 

މިއީ ވަރަށް ރަނގަޅު ކަމެކެވެ. އެމީހުން އެކަން އެކުރަނީ ވަރަށް ރަނގަޅަށެވެ. އެގޮތަށް ކަންތައް ކުރުމުން އިސްރާފްނުކުރަން ދަސްވެއެވެ. ކެވޭ މިންވަރަށް ނޫނީ ބުފޭއިން ނުނަގަން ދަސްވެއެވެ. އެކަން އާދަވެއެވެ.

މީސްތަކުންނޭވެ! އަގުދީފައި ބުފޭއަކުން ކެއި ނަމަވެސް އަދި ޖާފަތަކުން ކެއިނަމަވެސް އަދި އޯޑަރުކޮށްގެން ތަކެތި ގެނުވި ނަމަވެސް އިސްރާފްނުކުރާށެވެ. އެކުރެވެނީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާކަމެކެވެ. ޙަރާމްކުރެއްވެވި ކަމެކެވެ. އިސްރާފްކުރާ މީހުންނަކީ ޝައިޠޯނާގެ އަޚުންނެވެ. އަދި އިސްރާފްކުރާމީހުން ދެކެ ލޯބިވެވޮޑިގެންނުވާކަމަށް ކީރިތި ޤުރްއާނުގައި ވަޙީކުރައްވަވާފައި އޮތުމުން އެކަމުގެ ނުބައިކަން ބޮޑުކަން އެނގިގެންދެއެވެ. 

ވީމާ ރެސްޓޯރަންޓަކުން ކެއިނަމަވެސް ގޭގައި ކައްކާތަކެތިންވެސް އިސްރާފްނުކުރާށެވެ. ކުޑަތަންކޮޅެއް މަދުވިނަމަވެސް އިސްރާފް ނުވާނެ ވަރަށް ކައްކާށެވެ. ގިނަވެއްޖެނަމަ ފަޤީރަކަށް ޞަދަޤާތްކުރާށެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން