އަންހެނުން ނަމާދުކުރާއިރު ލާންވީ ކޮންކަހަލަ ހެދުމެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އަންހެނުން ނަމާދުކުރާއިރު ލާންވީ ކޮންކަހަލަ ހެދުމެއް؟

އަންހެނުން ނަމާދުކުރަން ކަކުލާ ހަމައަށްއަރާ ދޫހެދުމެއްލާފައި ޖިންސް ނުވަތަ ހަރުވާޅެއް ލައިގެން ދޮޅި އިސްޓާކީނުލައިގެން ނަމާދު ސައްޙަވާނެތޯ؟ ނުވަތަ ފައިތިލައާ ހަމައަށްދާ ދިގު ދޫހެދުމަކާއި ދޮޅި އިސްޓާކީނުތޯ ކަމުދާނީ؟

(ނިވާކުރަންޖެހޭ ހިސާބު ނިވާކުރުމަށްފަހު) ޝަރްޠަކީ އެއްވެސް ގުނަވަނެއްގެ ވަނާތައް އެނގެން ނެތުމެވެ. والله أعلم. 

އިތުރު ސުވާލާ ޖަވާބު: 

ނިޔަފަތިކަނޑާއިރު ކައިރީގައި ހުންނަ ހަންކެނޑުމަކީ ކޮންކަހަލަކަމެއް؟ 

ނިޔަފަތި ކަނޑާއިރު ކައިރީގައި ހުންނަ ހަން ކެނޑުމަކީ ހުއްދަ ކަމެކެވެ. والله أعلم. 

އަޅުގަނޑު ބައްޕަގެ ފިހާރާގައި އިންނާށޭ ބުނުމުން އެކަމާ ދެކޮޅުހަދައިފީމެވެ. އެއީ ބައްޕަ ފިހާރާގައި ސިގިރެޓްވިއްކާތީއެވެ. މިކަމާ އަޅުގަނޑުފާފަވެރިވާނެތޯ؟ 

ފުރަތަމަކަމަކަށް ރީތި ގޮތުގައި ބައްޕަ އާއި ވާހަކަ ދައްކާ ވިސްނައިދެވޭތޯ މަސައްކަތް ކުރާށެވެ. އެއަށް ފަހުގައި ބައްޕަ ގަބޫލު ނުކުރައްވައިފިނަމަ އަދަބުވެރި ކަމާއި އެކު ބައްޕަ ގާތުގައި ބުނާށެވެ. ސިނގިރޭޓް ވިއްކާތީވެ ފިހާރައިގައި ހުރުމަށް ޢުޛުރުވެރި ވަމެވެ. والله أعلم. 

އިޝްޤީލޯބިވުމަކީ ހަރާމްކަމެއްތޯ؟ އަދި ރައްޓެހިވެގެންއުޅޭ ކުއްޖާދެކެ ﷲ އަށްޓަކައި އިޝްޤީލޯބިވެވިދާނެތޯ؟ 

ޢިޝްގުގެ މާނައަކީ ލޯބިވުމެވެ. ލޯބިވާން ޖެހޭނީވެސް އަދި ރުޅިވާން ޖެހޭނީވެސް ﷲ އަށް ޓަކައެވެ.والله أعلم. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން