ކިތަންމެ ގިނަ އަޅުކަންކުރިނަމަވެސް އެއްވެސް އަޅުކަމެއް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ 3 މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ކިތަންމެ ގިނަ އަޅުކަންކުރިނަމަވެސް އެއްވެސް އަޅުކަމެއް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ 3 މީހުން-

ކިތަންމެ ގިނައިން ހެޔޮ ޢަމަލުކުރިނަމަވެސް އެއްވެސް ޢަމަލެއް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ 3 މީހަކުވެއެވެ. 

އެއިގެ ތެރެއިން ފުރަތަމަ މީހާއަކީ: އޭނާގެ މަންމައަށް ނުވަތަ މައިންބަފައިންނަށް ހަރުކަށިވެ ނުބައިކޮށް ކަންކަން ކުރާމީހާއެވެ. 

ދެވަނަ މީހާއަކީ: މީހަކަށް އެއްޗެއް ދިނުމަށްފަހު އެކަމަށްޓަކައި އެމީހަކަށް ޝުކުރުވެރިވާން ބުނާ މީހާއެވެ. 

ތިންވަނަ މީހާއަކީ: ތަކެތި ވިއްކާއިރު އެއްޗެއް އެމީހާ ގަތް އަގަށްވުރެ ބޮޑު އަގެއްގައި ގަނެފައިވާކަމަށް ﷲ ތަޢާލާ ގަންދީ ހުވާކޮށް ތަކެތި ވިއްކާމީހާއެވެ. 

މި 3 ބާވަތުންކުރެ އެއްވެސް މީހަކު ކުރާ ނަމާދުވެސް ދޭ ޞަދަޤާތްވެސް އަދި ކުރާ އެހެން  އަޅުކަމެއްވެސް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެތެވެ. 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން