އެންމެ އަރާމުގަ ނިދާލަން ބޭނުންވާނަމަ ސަމާލުކަންދީގެން ކޮށްލަންވީ ކުޑަކުޑަ 4 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އެންމެ އަރާމުގަ ނިދާލަން ބޭނުންވާނަމަ ސަމާލުކަންދީގެން ކޮށްލަންވީ ކުޑަކުޑަ 4 ކަމެއް!

ގިނަ ބައަކަށް މިއުޅެނީ ތަފާތު ސަބަބުތައް ދިމާވެގެން ރޭގަނޑުގެ ނިދި ނުލިބިގެންނެވެ. އެހެންވެ މިބުނެދެނީ އަރާމުގައި ނިދާލަން ބޭނުންވާމީހާ ނިދުމުގެކުރިން ސަމާލުކަންދީގެން ކޮންމެރެއަކުވެސް ކޮށްލަންވީ ކުޑަކުޑަ 4 ކަމެކެވެ. 

ފުރަތަމަ ކަމަކަށް އެރޭ ކެއި ތަކެތި ޙަޖަމްކުރާނެ ވަގުތު ހަށިގަނދަށްދޭށެވެ. ދެވަނަ ކަމަކަށް ނިދުމުގެ ކުރިން އެކަށީގެންވާވަރުގެ ކުޑަ ފެންފޮދެއް ބޮއިލާށެވެ! 

ސައިބޯނިލައި މާވަރުގަދައަކަށް ނޫނެވެ. އެކަމަކު ރީތިކޮށް ހަށިގަނޑު ދޮވެލެވޭވަރަށް ފެންވަރައިލާށެވެ! ލިބެންހުރިނަމަ ރަނގަޅީ މަޑުމަޑު ހޫނުކަމެއް ހުންނަ ފެނަކުން ފެންވަރައިލުމެވެ. 

ބައެއް މީހުން ފެންވަރަން ޖެހިލުންވަނީ ނުނުދިދާނެތީއެވެ. ނިދުން ލަސްވެދާނެތީއެވެ. އެކަމަށް ކަންބޮޑުނުވާށެވެ! ފެންވެރުމުން ނިދިއައުން ކުޑައިރުކޮޅަކަށް ލަސްވެދާނެއެވެ. ނަމަވެސް ޔަޤީންކުރާށެވެ! ލިބޭ ނިދި މާބޮޑަށްވެސް އަރާމުވާނެއެވެ. 

ހަތަރުވަނަ ކަމަކަށް ނިދާތަނުގައި މީރުވަންދުއްވާށެވެ! އަހުރެން ހުށަހަޅާނީ މީރުވަސްދުވާ ޤުދްރަތީ އެއްޗެއްގެ ކުޑަކުޑަ ތެޔޮފޮދަކުން ތަނުގައި ވަސްހިފާވަރަށް ދުންއަރުވައިލުމަށެވެ. 

(މިއީ ނިދުމުގެ ކުރިން ކުރަން ދީނުގައި އަންގަވާފައިވާ ކަންކަމާއި ގުޅުންހުރި ކަންކަމެއް ނޫނެވެ. ދީނުގައި އަންގަވާފައިވާ ކަންކަން އަންގަވާފައިވާ ގޮތަށް ކުރަންވާނެއެވެ. ކޮންމެ ކަމެއްވެސް ކާމިޔާބުވުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ.)   

މިކަންކަން ކޮށްލުމުން ވީގޮތް މިއަދުނޫސް މެދުވެރިކޮށް އަންގަވާލަދެއްވުން އެދެމެވެ. 

- އަލަފް

މިއަދު އޮންލައިން