ކޮޓަރީގައި އެކަނި ހުރެ ނަމާދުކުރާއިރު ފަހަތުގައި ބޮޑެތި ފަރުބަދަ ވަރުގެ ބޮޑެތި މަލާއިކަތުން ތިބާގެ ފަހަތުގައި ތިއްބަވައެވެ!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ކޮޓަރީގައި އެކަނި ހުރެ ނަމާދުކުރާއިރު ފަހަތުގައި ބޮޑެތި ފަރުބަދަ ވަރުގެ ބޮޑެތި މަލާއިކަތުން ތިބާގެ ފަހަތުގައި ތިއްބަވައެވެ!: ޢުމަރު ސުލައިމާން

ގޭގައި އެކަނި ހުރެ ނަމާދުކުރާނަމަ ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ތިމާއަށް މިހުރެވެނީ އެކަނި ކަމަށެވެ. ނަމާދުކުރާ ގޮތް ފެންނާނެ އެއްވެސް ބައަކު ނެތް ކަމަށެވެ. 

އެއީ އެއް މާނައެއްގައި ހަމަ ރަނގަޅު ވިސްނުމެކެވެ. މިސްކިތް ފަދަ ތަނެއްގައި ކުރާނަމަ އެތައް ބައަކަށް ފެންނާނެއެވެ. އެހެނަސް ކޮޓަރީގައި އެކަނި ނަމާދުކުރާނަމަ ފެންނާނެ ބައަކު ނުތިބޭނެއެވެ. 

އެކަމަކު ބުނަން ހެއްޔެވެ؟ ސައިދު އަލްމުސައްޔިބް (ރޢ) ވިދާޅުވެފައިވާ ގޮތުގައި ތިބާގެ ކަނައަތް ފަރާތުގައާއި ވައަތް ފަރާތުގައި މަލާއިކަތުން ތިއްބަވަތެވެ. އަދި ފަހަތުގައިވެސް ތިއްބަވަތެވެ. އަދި ފަހަތުގައި ތިއްބަވާ މަލާއިކަތުންގެ ސައިޒު ބޮޑު ފަރުބަދައަކަށްވުރެ ބޮޑުވާނެއެވެ. 

ވީމާ ތިމާ މިހުރީ އެކަމަށާއި ފެންނާނެ މީހަކު ނެތްކަމަށް ހީކޮށް ނަމާދުކުރުމުގައި ފަރުވާކުޑަނުކުރާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވެ ވީހައި ބޮޑަށް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން މަސައްކަތްކުރާށެވެ! 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން  

މިއަދު އޮންލައިން