ޢިޖާބަކުރައްވަވާނެ ކަމުގެ ޔަޤީންކަމާއެކު ދުޢާނުކުރުމަކީ ޢިޖާބަ ކުރެއްވެވުމަށް އޮތް ހުރަހެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
ޢިޖާބަކުރައްވަވާނެ ކަމުގެ ޔަޤީންކަމާއެކު ދުޢާނުކުރުމަކީ ޢިޖާބަ ކުރެއްވެވުމަށް އޮތް ހުރަހެއް!: މުފްތީ މެންކް

ފުރަތަމަ ކަމަކަށް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރާށެވެ! ނަމާދުކުރަމުން ޔަޤީންކަމާއިއެކު ދުޢާކުރާށެވެ! ދުޢާކުރަންވާނީ ޢިޖާބަކުރައްވަވާނެކަމުގެ ޔަޤީންކަމާއިއެކުގައެވެ. ޝައްކުގެމަތީގައި ދުޢާކުރުމަކީ ދުޢާ ޢިޖާބަކުރެއްވެވުމަށް އޮތް ހުރަހެކެވެ. ނުވަތަ ހުރަސްއެޅޭކަމެކެވެ. 

ހަމައެފަދައިން އިޚްލާޞްތެރިކަމެއް ނެތި ކުރާ އަޅުކަންވެސް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެތެވެ. ވީމާ ކޮންމެ އަޅުކަމެއް ކުރިނަމަވެސް އިޚްލާޞްތެރިކަމާއިއެކުގައިކުރާށެވެ! ނޫންނަމަ އެއްވެސް ފައިދާއެއް ނުކޮށްފާނެއެވެ. 

އިޚްލާޞްތެރިކަމާއިއެކު އަޅުކަންކުރަމުން ޔަޤީންކަމާއިއެކު ދުޢާކުރާ މީހަކަށް ޙަޔާތުގެ ހުރިހާ ކަންކަންވެސް ދާނީ ކާމިޔާބުވަމުންނެވެ. އާޚިރަތްވެސް ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން