ﷲ އަށް ބިރުވެތިވެހުރެ ނަމާދު ކުރާށެވެ! ގުރްއަން ކިޔަވާށެވެ! ހެނދުނާއި ހަވީރުގެ ޛިކްރުތައް ކިޔާށެވެ. އިންޝާﷲ ހިތަށް ހަމަޖެހުން ލިބޭނެއެވެ. والله أعلم.
އިތުރު ސުވާލާ ޖަވާބު:
ދީނީގޮތުން ބަލާއިރު ގިނައިން ނިދުމަކީ ކޮންކަހަލަކަމެއް؟
އެއްވެސް ކަމެއްގައި ހައްދުފަހަނަ އަޅައި ދިޔުމެއް އިސްލާމްދީނުގައި ނުވެއެވެ. والله أعلم.
އަޅުގަނޑުގެ ސުވާލަކީ ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔައްތަކުގައި މާތްﷲ ވަޙީކުރައްވާ ސުވަރުގޭގެ އަހުލުވެރިން އަބަދަށް ސުވަރުގޭގަ ދެމިތިބޭ ވާހަކަ. އަބަދަށް ދެމިތިބުމޭ ބުނެވޭބަހުގެ މުރާދަކީކޮބާ؟ އެއީ ދުވަހަކުވެސް ނިމުމެއްނުވާ ވާހަކަތޯ؟
އަބަދަށް ދެމިތިބުމޭ ބުނެވޭ ބަހުގެ މާނައަކީ އެކަމަކީ ދުވަހަކުވެސް ނިމުމެއް ނެތް ކަމެއް ކަމެވެ. والله أعلم.
ކުޑަކުދިން ލައްވަން ޖެހެނީ ކޮންކަހަލަ ހެދުމެއްތޯ؟
ތުއްތު އިރުއްސުރެ ފެށިގެންވެސް އެކުދިންނަށް އިސްލާމީ ހެދުން ތަޢާރަފު ކޮށް ދޭން ވާނެއެވެ. والله أعلم.
ނަމާދުކޮށް ނިމިގެން ޒިކުރު ތަސްބީޙަ ކިޔުމުގެ ކުރިން އެހެން ނަމާދެއް ކުރެވިދާނެތޯ؟
ބޮޑަށް ރަގަޅު ގޮތަކީ ޛިކުރު ތަސްބީޙަ ނިންމުމަށް ފަހުގައި ސުންނަތް ނަމާދު ކުރުމެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް