ރަޙްމަތާއިއެކު މެނުވީ ހިތްދަތިކަން، ދަތި އުނދަގޫ ޙާލަތެއް ކުރިމަތިވނުވާނެކަން ޤުރްއާނުން- ޢަމަލުކުރަންވީ މަގު-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ރަޙްމަތާއިއެކު މެނުވީ ހިތްދަތިކަން، ދަތި އުނދަގޫ ޙާލަތެއް ކުރިމަތިވނުވާނެކަން ޤުރްއާނުން- ޢަމަލުކުރަންވީ މަގު-!

ދަތިއުނދަގޫ ޙާލަތެއް ކުރިމަތިވުމުން އެހާލަތާއި ގުޅިގެން ދެއްވަވާނެ ލުއިފަސޭހަކަން، އުފާވެރިކަން ދެއްވެވުން އެދިދުޢާކުރާށެވެ! އެލުއިފަސޭހަކަން ލިބެން އޮތް މަގު ދައްކަވައި ދެއްވެވުން އެދި ދުޢާކުރާށެވެ! އެމީހަކަށް ލުއިފަސޭހަކަން މިންވަރުކުރައްވަވައި ދެއްވާނެތެވެ! ޓަކިޖަހަންވީ ދޮރުތައް އަންގަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ 

ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ހިތްހަމަޖެހުމާއި ލުއިފަސޭހަކަން ލިބިގެންދާނީ މުޞީބާތަކަށްފަހުގައި ކަމަށެވެ. ނަމަވެސް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ކޮންމެ މުޞީބާތާއިއެކުގައިވެސް ، ނުވަތަ ދަތި އުނދަގޫކަމަކާއިއެކުގައިވެސް ފަސޭހަކަން  މިންވަރުކުރައްވަވާފައިވާ ކަމަށެވެ. ވީމާ މިއީ މުޅިން ތަފާތު 2 މާނައެކެވެ. 

إِنَّ مَعَ ٱلْعُسْرِ يُسْرًا 

"ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއިއެކު ފަސޭހަކަންވެއެވެ." (އައްޝަރްޙި: 6) 

މިއާޔަތުން އެނގިގެންދަނީ އެއް ދޮރު ބަންދުކުރައްވަވާއިތުރު ދޮރުތައް ހުޅުއްވަވައިދެއްވަވާނެކަމެވެ. އެއްކަމަކުން ދަތިކުރައްވަވާއިރު އިތުރު ރަހްމަތައް މިންވަރު ކުރައްވަވާފައިވާނެކަމެވެ. ވީމާ އަހަރެމެންނަށް އޮތީ ކުރިމަތިވި ދަތިއުނދަގޫ ހާލަތުން ސަލާމަތްވެވެންދެން އިންތިޒާރުކުރުމެއް ނޫނެވެ. އެކަމުގެ އިންތިޒާރީގައި ތިބޭއިރުވެސް އެދަތިކަމާއިއެކު ﷲ ތަޢާލާ ފޮނުއްވެވި ރަޙްމަތް ހޯދަން މަސައްކަތްކުރުމެވެ. އެކަން ދެނެގަންނަން މަސައްކަތްކުރުމެވެ. 

މިއާޔަތާއިމެދު ވިސްނައިލުމުން އެނގެނީ ދަތިއުނދަގޫތައް ކުރިމަތިކުރައްވަވަނީ ރަޙްމަތް އިތުރުކުރައްވަވަން ކަމެވެ. މުއުމިނުން ނިކަމެތި ނުކުރައްވަވާނެކަމެވެ. މާޔޫސްވެ ގޮތް ހުސްވެގެން އުޅެން ނުޖެހޭނެ ކަމެވެ. 

- އުސްތާޛް ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން