މިކަންކަން ޤަބޫލުކުރީމާ ކަންބޮޑުވުމާ ހިތާމައިގައި ތިބި އެންމެންނަށް އެކަންކަމުން ސަލާމަތްކަން ލިބޭނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
މިކަންކަން ޤަބޫލުކުރީމާ ކަންބޮޑުވުމާ ހިތާމައިގައި ތިބި އެންމެންނަށް އެކަންކަމުން ސަލާމަތްކަން ލިބޭނެ! އިން ޝާ ﷲ: މުފްތީ މެންކް

މީސްތަކުންނޭވެ! ހިތާމަކޮށްލަން ޖެހޭ ވަޤުތުތަކާއި ކަންބޮޑުވާންޖެހޭ ވަޤުތުތަކާއި ބައްދަލުވާނެއެވެ. އެހެން ނޫންނަމަ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިއަހުގައި އިންނަވައިގެން އަބޫބަކުރުގެފާނު ކަންބޮޑުވެވަޑައެއް ނުގަތީހެވެ. ހިތާމައެއް ނުކުރެއްވެވީހެވެ. 

އެވަޤުތު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމް ބަޔާންކޮށްދެއްވެވި ﷲ ތަޢާލާގެ ވަޙީބަސްފުޅު ހަނދުމަކުރާށެވެ! "...ހިތާމަ ނުކުރައްވާށެވެ! ﷲ ތަޢާލާ ވަނީ އަހުރެމެންނާއިއެކުގައެވެ..." 

އެފަދަ ޙާލަތުގައި ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވެލާށެވެ! އެއިރުން ﷲ ތަޢާލާ ތިބާއާއިއެކުގައި ވޮޑިގަންނަވާނެތެވެ. އެއިރުން ތިބާއަށް ދެރައެއް، ހިތްދަތިކަމެއް ދެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. 

ރަނގަޅަށް އަޑުއަހާށެވެ! ތިބާއާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންވާކަން ޤަބޫލުކުރެވޭ މީހާ ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ އެއްވެސް މީހަކަށް އެއްވެސް ކަމެއް ކުރެވޭނީ ﷲ ތަޢާލާގެ އިޛްނަފުޅާއިއެކުގައިކަން އެއީ ޔަޤީންވާކަމެއް ނޫންހެއްޔެވެ؟ 

ވީމާ އެއްވެސް މީހަކަށް ތިބާއަށް އެއްވެސް ދެރައެއް ދެވޭނީ އެކަމަކަށް ﷲ ތަޢާލާ އިރާދަކުރައްވަވައިފިނަމަ އެވެ. ﷲ ތަޢާލާ އިރާދަކުރައްވަވައިފިކަމެއް ހުއްޓުވޭނެ މީހަކުވެސް ނުވެއެވެ. އަދި ﷲ ތަޢާލާ ކޮންމެ ކަމެއްވެސް މުއްމިނުންނަށް އިރާދަ ކުރައްވަވާނީ އެމީހަކަށް ރަނގަޅަކަށެވެ. ވަކީލްކުރާ ކޮންމެ މީހަކަށްވެސް އެކަން ޔަޤީންކުރެވޭނެއެވެ. 

މިބަޔާންކުރި ކަންކަން ޤަބޫލުކުރީމާ ކަންބޮޑުވުމާއި ހިތާމައިގައި ތިބި އެންމެންނަށް އެކަންކަމުން ސަލާމަތްކަން ލިބޭނެއެވެ! އިން ޝާ ﷲ 

- މުފްތީ މެންކްގެ ދަރުސަކުން

 

މިއަދު އޮންލައިން