އަނބިމީހާ ގޭގަ އިނދެ ތިބާއަށް އިންތިޒާރުކުރަންޖައްސުވާފަ ގެއަށް ގޮސް އަނބިމީހާއަށް ނިދިފަ އޮތީތީ ޝަކުވާކުރިޔަސް ފާފަވެރިވާނީ އެމީހަކު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އަނބިމީހާ ގޭގަ އިނދެ ތިބާއަށް އިންތިޒާރުކުރަންޖައްސުވާފަ ގެއަށް ގޮސް އަނބިމީހާއަށް ނިދިފަ އޮތީތީ ޝަކުވާކުރިޔަސް ފާފަވެރިވާނީ އެމީހަކު!: މުފްތީ މެންކް

ފެންވަރަންވީމާ ތުވާލިމަތިން ހަނދާންކުރާ އުޞޫލުން އަނބިމީހާގެ މަތިން ހަނދާންކުރާ ޒުވާނުން ގިނަވެއްޖެއެވެ. އެކަމަކު އަނބިމީހާގެ ޝަކުވާތައްވެސް ކުރެއެވެ. މިކަންކަން ވަށައި ޖައްސާނީ ކިހިނަކުންހެއްޔެވެ؟  

ކައިވެނިކޮށްގެން ތިބި ގިނަ ޢަދަދެއްގެ ފިރިހެނުން ގެއިން ބޭރުގައި އެމީހުން އެއުޅޭ ދުނިޔެއެއްގައި ރޭގަނޑުގެ ވަގުތުތައް ހޭދަކުރާއިރު ގޭގައި ތިބެ އެމީހުންގެ އަނބިން އެމީހުންނަށް އިންތިޒާރުކުރާކަންވެސް ހަނދާނެއް ނުކުރެއެވެ. ވަޤުތުހޭދަކުރާ މާހައުލާ ކުރާ ކަންކަމުގެ ސަބަބުން އެހެން ދުނިޔެއެއްގައި އުޅެވޭތީއެވެ.

ރަނގަޅަށް އަޑުއަހާށެވެ! މިހެން މިބުނަނީ ވަރަށް ސާބިތުކަމާއިއެކުގައެވެ. ގެއިން ބޭރުގައި ވަގުތުތައް ހޭދަކުރާއިރު ތިމާމެންގެ އަނބިން ގޭގައި ތިބެގެން ތިމާމެންނަށް އިންތިޒާރުކުރާކަން ހަނދާން ނުކުރުމަކީ ފާފައެކެވެ. ޢަޛާބު ދެއްވަވާނެ ފާފައެކެވެ.  

އަނބިންނާއިއެކު ރޭކޮށް އަނބިން ހިތްހަމަޖައްސައިދިނުމަކީ ކުރެވޭ ޞަދަޤާތެއް ކަމަށް ރަސޫލް ޙަދީޘްކުރެއްވެވުމުން  ޞަޙާބީން ހައިރާންވެވަޑައިގެން އެއީވެސް ހަމަ ޞަދަޤާތެއްކަމާއިމެދު ސުވާލު އުފެއްދެވިހިނދު ރަސޫލް ޙަދީޘްފުޅުކުރެއްވެވީ މިފަދައިންނެވެ. "ޙަރާމް ގޮތުގައި ކަމެއްކުރުމުން ޢަޛާބު ދެއްވަވާއިރު ޙަލާލް ގޮތުގައި ކަމެއް ކުރުމުން ޘަވާބު ދެއްވަވާނެ" ކަމަށެވެ.  

މިއަދު މީސްތަކުން މިކުރާކަމަކީ ރަސޫލް ގެ ނަންފުޅު އަޑުއިވުމުން ވަރަށް ބާރަށް ޞަލަވާތް ކިޔުމެވެ. މީސްތަކުންނޭވެ! އެއީވެސް ކުރަންޖެހޭ ކަމެކެވެ. އެހެން ނަމަވެސް އެވަރަކުން ނުފުދޭނެއެވެ. ސުންނަތަށް ޢަމަލުކުރަންޖެހޭނެއެވެ. ޙަދީޘްފުޅުތަކަށް ޢަމަލުކުރަންޖެހޭނެއެވެ.  

ނިދާފައި ނުހޭލެވުން ފަދަ ކަމަކާއި ގުޅިގެން ނުވަތަ ތިމާ ވަރުބަލިވެގެން ތަހައްޖުދު ނަމާދު ނުކުރުމަށް ޢުޒުރުވެރިވެވިދާނެއެވެ. ނަމަވެސް ތިމާގެ ކިބައިން އުފާވެރިކަމަށް އުންމީދުކޮށްގެން ތިބި އަނބިންގެ ބޭނުންތައް ފުއްދައި ނުދިނުމަށް ވަރުބަލިކަން ފަދަ ސަބަބުތައް އުޒުރެއްގެ ގޮތަކު ނުދެއްކާނެއެވެ. އެކަނބަލުންގެ ބޭނުންތައް ފުއްދައި ނުދިނުމުން ފާފަވެރިވާނެއެވެ. 

އަނބިމީހާ ގޭގަ އިނދެ ތިބާއަށް އިންތިޒާރުކުރަންޖައްސުވާފައި ގެއަށް ގޮސް އަނބިމީހާއަށް ނިދިފަ އޮތީތީ ޝަކުވާކުރިޔަސް ފާފަވެރިވާނީ އަނބިމީހާއެއް ނޫނެވެ! އެމީހެކެވެ!  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން