ފާފައެއް ކުރެވުމުން 6 ގަޑިއިރުތެރޭ ތައުބާވެއްޖެނަމަ ފާފައިގެ ބަދަލުގައި ލިޔުއްވަވާނީ ހެޔޮ ޢަމަލެކެވެ! އިން ޝާ ﷲ: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ފާފައެއް ކުރެވުމުން 6 ގަޑިއިރުތެރޭ ތައުބާވެއްޖެނަމަ ފާފައިގެ ބަދަލުގައި ލިޔުއްވަވާނީ ހެޔޮ ޢަމަލެކެވެ! އިން ޝާ ﷲ: ޢުމަރު ސުލައިމާން

މުސްލިމަކަށް ފާފައެއް ކުރެވިއްޖެނަމަ އެފާފަކުރިކަމަށް ނުލިޔުއްވަވައި 6 ގަޑިއިރަށް މަޑުކުރައްވަވަން ﷲ ތަޢާލާ މަލާއިކަތް ބޭކަލުންނަށް އަންގަވާނެތެވެ. އެމުއްދަތުގައި ތައުބާވެއްޖެނަމަ އޭނާއަށްޓަކައި ލިޔުއްވަވާނީ ހެޔޮ ޢަމަލެއް ކުރިކަމަށެވެ. އެހެނީ ފާފައެއް ކުރެވުމުން ތައުބާވުމަށް އަވަސްވެގަތުމަކީ ހެޔޮ ޢަމަލެކެވެ.  

ފާފައެއްކޮށް ތައުބާ ނުވުމުން ފަތުގައި ލިޔުއްވެވި ނަމަވެސް ލިޔުއްވަވާނީ އެންމެ ފާފައެއް ކުރިކަމަށެވެ. އަދި ހެޔޮ ޢަމަލެއް ކުރުމުން މަދުވެގެން 10 ޘަވާބު ލިޔުއްވަވާނެތެވެ. އަދި ގުނަވެގެން 700 ގުނައަށް ނުވަތަ އެއަށްވުރެވެސް ގިނައިންވެސް ﷲ ތަޢާލާ ކަނޑައަޅުއްވަވާ ޢަދަދަކަށް ލިޔުއްވަވާނެތެވެ.  

ދެން އޮތީ 6 ގަޑިއިރެވެ. އެއީ އަހަރެމެން ގަޑި މިބަލާ 60 މިނިޓަކުން ނޫނެވެ. އެކަމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ވަޤުތެކެވެ. ދުނިޔޭގެ ގަޑިން އެއީ ކިހާއިރެއްކަމެއް، ކިހާކުޑަކުޑަ ހިނދުކޮޅެއްކަމެއް ނުވަތަ ކިހާގިނައިރެއްކަމެއް ނުއެނގޭނެއެވެ.  

ފާފައެއް ކުރެވުނަސް ތައުބާވުމަށް އަވަސްވެގެންނަންވީ މިފަދަ ސަބަބުތައް ހުރުމުންނެވެ. ލިބެން އޮތް ފައިޑާ ބޮޑުކަމުންނެވެ.  

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން