އެންމެ ބަލިޙާލުގައި އޮތް ޒުވާން އަންހެނަކު، އޭނާގެ ކުދި ދަރިންނަށްވުރެ ބޮޑަށް ބޭނުންވި 2 ކަންތައް- މުޅި އުންމަތަށް ވަރުގަދަ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
އެންމެ ބަލިޙާލުގައި އޮތް ޒުވާން އަންހެނަކު، އޭނާގެ ކުދި ދަރިންނަށްވުރެ ބޮޑަށް ބޭނުންވި 2 ކަންތައް- މުޅި އުންމަތަށް ވަރުގަދަ ފިލާވަޅެއް!

ޢުމުރާވުމަށްފަހު އެނބުރި އައިސް ވަރަށް ބަލިޙާލުގައި އޮތް ޒުވާން އަންހެނަކަށް ޒިޔާރަތްކުރީމެވެ. އޭނާ ބުނީ އޭނާގެ ބަލިން ގަދަވާން ބޭނުން ކަމަށާއި އެއީ ދެ ސަބަބަކަށްޓަކައި ކަމަށެވެ. 2 ބޭނުމެއް އަދިވެސް ނުފުދި އޮތުމުން ކަމަށެވެ. 

އޭނާއަކީ ޒުވާނެއް ނަމަވެސް ކުދިން ދަރިންކޮޅެއްގެ މަންމަވެސްމެއެވެ. އެހެނަސް އޭނާ ދެއްކީ އެކުދިންގެ ޥާހަކައެއް ނޫނެވެ. ބުނީ 1 ﷲ ތައާލާގެ ގެކޮޅަށް ޒިޔާރަތްކުރަން ބޭނުން ކަމަށެވެ. (ބެލެވެނީ އެއީ މައްކާގެ ހަރަމްފުޅަށް ޒިޔާރަތްކުރުން ކަމަށެވެ.) 2 ކީރިތި ޤުރްއާން ހިތުދަސްކުރަން ބޭނުންވެއެވެ.  

އެއިގެ 2 ދުވަސްފަހުން އޭނާ ނިޔާވުމުން އަހުރެން އޭނާއަށް ޒިޔާރަތްކުރީމެވެ. "އަހުރެންނަށް ބުނެވުނެވެ. އަހުރެން އަދިވެސް ދިރިމިހުރީއެވެ. ﷲ ތަޢާލާއަށް އަހުރެން ދައްކާނީ ކޮން ޢުޛުރެއް ހެއްޔެވެ؟"

ދެން ނިކަން ބުނެބަލާށެވެ! އޭނާއަށް ﷲ ތަޢާލާ ލައްވަވާނީ ކޮން ފަދަ ބޮޑު ރަޙްމަތެއް ހެއްޔެވެ؟ އެހެނީ ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ މީހާގެ ނިޔަތަށެވެ.

އަހުރެން މިވާހަކަ މިކިޔައިދިނީ އަޑުއަހަން ތިބި މީހުންނަށް ޢިބްރަތަކަށްވާނެ ކަމަށެވެ. މިވަޤުތުން ފެށިގެން އެޒުވާން އަންހެނާ ފަދައިން އެމަތިވެރި ނިޔަތުގައި، އެކަންކަން ޙާޞިލްކުރަން މަސައްކަތްކުރާ ބައަކަށްވުމަށް އެދިގެންނެވެ. 

އެފަދަ ބަލިޙާލުގައި އޮތްއިރުވެސް އޭނާގެ ހިތުގައި ދުނިޔޭގެ އެއްވެސް ކަމަކަށް އެއްވެސް އެދުމެއް ނެތެވެ. އޭނާ ކުރަން ބޭނުންވި 2 ކަމަކީވެސް އެކަންކަން ކުރުމުން ﷲ ތަޢާލާގެ ޙަޟްރަތުން އޭނާއަށް މަތިވެރިކަން ލިބިގެންދާނެ ކަންކަމެވެ. މާނައަކީ އޭނާގެ ހުރިހާ އުންމީދުތަކެއް ގުޅިފައި އެވަނީ އާޚިރަތް ދުވަހާއިއެވެ. ކުދި ދަރިންކޮޅެއް ތިބުމުން އެކަމަކަށްވެސް ނޫނެވެ. 

އާޚިރަތް އެދިގެން މަސައްކަތްކުރާ މީހުންގެ ކިބައިން ފެންނާނީ މިފަދަ ކަންކަމެވެ. މަސައްކަތްކުރަންވީ ދުނިޔޭގެ ހުރިހާ ކަންކަމުގެ ކުރިއަށް އާޚިރަތް ނެރެގެން މަސައްކަތްކުރުމަށެވެ. އަހުރެމެންގެ އާޚިރު މަންޒިލަކީ ސުވަރުގެ ކަމުގައި ހެދުމަށެވެ. 

- ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން