ކޮންމެ ކަމަކަށް ޒުވާބުކުރަމުން ގޮސް ގޭގައި ކަންކަން ޖެހޭނީ ކާކަސްކަމާއިމެދުގައިވެސް މިއަދު އެބަ ޒުވާބުކުރެއެވެ. ދެމީހުންވެސް މިބުނަނީ ކައްކަން ޖެހޭނީ އަނެކާއަށް ކަމަށެވެ. އަނބިމީހާ މިބުނަނީ ފިރިމިހާއަށް ކަމަށެވެ. ފިރިމީހާއަށް ކަމަށެވެ.
އެންމެ ރަނގަޅެވެ. ދެމީހުންކުރެ އެކަކުވެސް ކައްކަން ބޭނުން ނުވެއްޖެނަމަ ކައްކާނީ ކާކުހެއްޔެވެ؟ އެކަކުވެސް ނުކައްކައިފިނަމަ ދެންވާނީ ކިހިނަކުން ހެއްޔެވެ؟ ބަނޑުހައިވެގެން ހަލާކުވާނީ ނޫންހެއްޔެވެ؟ ބަނޑުހައިވެގެން ކެތް ނުކުރެވުނީމާ އެމީހަކަސް ޖެހޭނީ ބަދިގެއަށްވަދެ ކައްކައިގެން ކާން ނޫން ހެއްޔެވެ؟
އެހެންވީމާ އަހުރެންގެ ބަސް މިބުނަނީއެވެ. ކައްކަންޖެހޭނީ ކާކަށްތޯ ބަލަން ޒުވާބުކުރުމުގެ ބޭނުމެއް ނެތެވެ. އެއީ ދެމީހުންނަށްވެސް ކުރަންޖެހޭ ކަމަކަށް ހަދާށެވެ. އެއިރުން ދެމީހުންވެސް ތިބޭނީ ކައިގެންނެވެ. ބަނޑުހައިވެގެން އުޅޭކަށް އެކަކަށްވެސް ނުޖެހޭނެއެވެ.
އަދިވެސް ބުނެލާނަމެވެ! އަނބިމީހާ ކައްކައިދިނުމުން ރަހަކިޔައި ޒުވާބުކުރަން ނުހަދާށެވެ! ރަހަކިޔަންޖެހެނީ އެކަކު ކައްކާތީއެވެ. ދެމީހުންވެގެން ކައްކާނަމަ ރަހަކިޔައި ޝަކުވާކުރާކަށްވެސް ނުޖެހޭނެއެވެ. ސިއްރެއްވެސް ބުނެލާނަމެވެ! ދެމީހުން ބައިވެރިވެގެން ކެއްކީމާ މާމީރުވެސްވާނެއެވެ!
އަހުރެންގެ އެކުވެރިއަކު ހުރެއެވެ. އޭނާއަކީ ކައްކަން ބޭނުންވާ މީހެއް ނޫނެވެ. އެހެންވެ އޭނާކުރާ ކަމަކީ ތަށި،ތެލި ދޮވެދިނުމެވެ.
- މުފްތީ މެންކުގެ ދަރުސަކުން