ހަތްދިހަ އަހަރުވަންދެން ފާފަކޮށްފައި ތައުބާވި މީހާއަށާއި ހަތްދިހަ އަހަރުވަންދެން އަޅުކަންކޮށްފައި ފާފައެއް ކުރެވުނު މީހާއަށް ދެއްވަވާ ނިޢުމަތުގެ ބޮޑުކަން-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ހަތްދިހަ އަހަރުވަންދެން ފާފަކޮށްފައި ތައުބާވި މީހާއަށާއި ހަތްދިހަ އަހަރުވަންދެން އަޅުކަންކޮށްފައި ފާފައެއް ކުރެވުނު މީހާއަށް ދެއްވަވާ ނިޢުމަތުގެ ބޮޑުކަން-: މުފްތީ މެންކް

މީސްތަކުންނޭވެ! ތިބާ 70 އަހަރުވަންދެން ﷲާފަކުރީއެވެ. އެއަށްފަހު އެންމެ ބަހެއް ހިތާއި ދުލުން ބުނެލުމުން 70 އަހަރުވަންދެން ކުރެވުނު ހުރިހާ ފާފަތަކެއް ހަމަ އެވަޤުތު ފުއްސަވައި ދެއްވަވަތެވެ. 

ދެން މިކަމަށްވެސް ވިސްނާށެވެ! 70 އަހަރުވަންދެން ތިބާއަޅުކަންކުރީއެވެ. އެއިގެ ފަހުން ފާފައެއް ކުރެވުނީއެވެ. އެފާފަ ކުރެވުނީތީ ތިބާ 70 އަހަރުވަންދެން ކުރި އަޅުކަމުގެ ޘަވާބު ފުހެއެއް ނުލައްވަވަތެވެ. 

އަދިވެސް ކީއްހެއްޔެވެ؟ ފާފައެއް ކުރެވުނަސް ވަޤުތުން ލިޔުއްވަވަނީއެއް ނޫނެވެ. މަލާއިކަތް ބޭކަލުންނަށް އަންގަވަނީ ވަކި ވަޤުތެއް ހަމަވަންދެން (6 ގަޑިއިރަށް) ނުލިޔުއްވަވައި މަޑުކުރެއްވެވުމަށެވެ. އެއީ ތިބާ ތައުބާވުމަށް ފުރުޞަތު ދެއްވެވުމަށެވެ. 

އެވަޤުތުގެ ތެރޭގައި ތައުބާވެ ހެޔޮޢަމަލެއް ކޮށްފިނަމަ ކުރިން ކުރެވުނު ފާފަ ނުލިޔުއްވަވައި ލިޔުއްވަވާނީ ހެޔޮ ޢަމަލެއް ކުރިކަމަށެވެ. އަދިވެސް ކީއްހެއްޔެވެ؟ ތައުބާވުމަކީވެސް ހެޔޮ ޢަމަލެކެވެ. ނަރަކައިން ސަލާމަތްވުމަށް އޮތް އައްޑަނައެވެ. 

މީސްތަކުންނޭވެ! ޤިޔާމަތް ދުވަހު ﷲ ތަޢާލާ އަހުރެމެން ނަރަކައަށް ވައްދުވަނީ ނޫންކަމަށާއި އަމިއްލައަށް ވަންނަނީ ކަމަށް މިބުނަނީ މިސަބަބުތަކަށްޓަކައެވެ. ނަރަކައި ސަލާމަތްވެ ސުވަރުގެ ވަންނަން ދެއްވަވާ ހުރިހާ ފުރުޞަތުތަކެއް އަމިއްލައަށް ނަގާލައިގެން ދުނިޔޭގައި އުޅެފައި އެދުވަހުން ބުނެވެން އޮންނާނީ ކޮން ވާވަހަކައެއް ހެއްޔެވެ؟ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން