ބައެއް މީހުން ބުނާ ގޮތުގައި މިޔުޒިކް އާއި ނެށުމާއި މިނޫންވެސް އެފަދަ ކަންކަން ޙަރާމްކަމަސް ބުނަނީ ތުނބުޅި ދިގުކޮށް އަދި ވަކި ބާވަތެއްގެ ހެދުންލައި އުޅޭ ބައެކެވެ. އެފަދަ މީހުންނަށް ބުނެލަން އޮތީ ލިޔުމުގައިވާ ވީޑިއޯ ބައްލަވައިލައްވާށެވެ! އެވިދާޅުވާ އެއްޗެއް އަޑުވެސް އަޑުވެސް އައްސަވައިލައްވާށެވެ!
ދާދި އަވަހަށް ބަރަކާތްތެރި، އުފާވެރި އަޟްޙާ ޢީދު އަޅުގަނޑުމެންނާއި ބައްދަލުކުރާނެއެވެ. އުފާ ފައުޅުކޮށް ކުޅިވަރުކުޅެ ހެދުމުގައި އަދި އެފަދަ ކަންކަން ކުރާ ތަންތަނަށް ދިއުމާއި އެފަދަ ކަންކަމުގައި ބައިވެރިވުމުގައި އިސްލާމް ދީނުގައި އަންގަވާފައިވާ މަގުން ޢަމަލުކުރާށެވެ. ހުއްދަ ކަންކަމަށް ތަރުޙީބުދޭށެވެ!
އަޅުގަނޑުމެން މިހިފާ ރޯދަތަކާއި ކުރާ އަޅުކަން ގެއްލިގެންދާނެ ފަދަ ކަންކަމާއި ދުރުހެލިވާށެވެ!
ޢީދު ކައިރިވެގެން އަންނައިރު މިފަދަ ވާހަކަތައް ހުކުރު ޚުޠުބާތަކުންވެސް ކުރިން އަޑުއިވުނެވެ. ނަމަވެސް މިއަދު މިފަދަ ވާހަކަތައް ޚުޠުބާތަކުގައި ނުކިޔުމަކީ އެކަންކަން ހުއްދަވުން ކަމުގައި ނުދެކޭށެވެ! ދީނުގައިވާ އެއްވެސް ޙުކުމަކީ އަހަރުން އަހަރަށް ބަދަލުވާނެ ކަންކަމެއް ނޫނެވެ!
ގުޅުން ހުރި ވީޑިއޯ- ޑރ. ޢަބްދުއްސައްތާރުގެ):