ނުބައި ކަންކަން ކުރުމުންނާ ނުބައިކަންކަމަށް ޝައުޤުވެރިވުމުގެ ނުބައިކަމުން ސަލާމަތްކޮށްދެއްވެވުން އެދި ކުރެވިދާނެ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ނުބައި ކަންކަން ކުރުމުންނާ ނުބައިކަންކަމަށް ޝައުޤުވެރިވުމުގެ ނުބައިކަމުން ސަލާމަތްކޮށްދެއްވެވުން އެދި ކުރެވިދާނެ ދުޢާއެއް!

އަޅުގަނޑަށް ކުރެވެމުން އައި ވަރަށް ގިނަ ފާފަތައް ކުރުން ހުޓާލެވިއްޖެއެވެ. ނަމަވެސް އަދިވެސް ބައެއް ފާފަތައް ކުރަން ޝައުޤުވެރިވެއެވެ. ޝައުޤުވެރިވެވުނުނަމަވެސް ނުކޮށް ހުންނަން ވަރަށް މަސައްކަތްކުރަމެވެ. 

މިޙާލަތުގައި އެބާވަތުގެ ވަސްވާސްތަކުން ސަލާމަތްވެ ހުންނަން ކުރެވިދާނެ ދުޢާއެއް ބުނެދެއްވަފާނަންތޯއެވެ؟ 

ފުރަތަމަކަމަކަށް ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ހޫނު މަރުޙަބާއެއް އަރިސްކުރަމެވެ. އެއީ ފާފަކުރުން ހުއްޓާލަން ަމސައްކަތްކޮށް އެކަމުގައި ހޯދާފައިވާ ކާމިޔާބީއަށެވެ. މިލިޔުމުގައި އެވަނީ ތިއަ ކަމަށް ކުރެވިދާނެ ދުޢާއެކެވެ. މާތް ﷲ ތިބާއަށް ކެތްތެރިކަމާއި ޘާބިތުކަން މިންވަރުކުރައްވަވާށި! އާމީން  

ޙާލަތު ނިޔާކުރާގޮތުން އަހަރެމެންކޮންމެ މީހަކީ ވެސް މުންކަރާތްތަކަށް އަރައިގަނެވޭ މީހެކެވެ. އެހެންކަމުން އެފަދަ ކަންކަމުން ސަލާމަތްކަމަށް އެދިގެން ދުޢާކުރަންވާނެއެވެ. އެފަދަ ކަންކަމަށް އަރައިގަނެވެނީ ހިތުގައި ޝައުޤުވެރިކަން އުފެދޭތީއެވެ. ވީމާ ޝައުޤުވެރިކަން އުފެދުމުން ހިތް ސަލާމަތްކޮށްދެއްވެވުން އެދިގެންވެސް ދުޢާކުރާށެވެ! 

އިންސާނާއަށް މުހިންމީ ރިވެތި އަޚްލާޤެވެ. ސުވަރުގޭގެ އެންމެ މަތީދަރަޖަ އެންމެ ގިނަބައަކަށް ލިބިގެންދާނެ އެއް ޢަމަލަކީ ރިވެތި އަޚްލާޤެވެ. ވީމާ މި 3 ކަންތަކަށް އެދިގެން މިދުޢާކުރާށެވެ. 

اَللّٰهُمَّ إِنِّیْ أَعُوْذُبِکَ مِنْ مُنْکَرَاتِ الْأخلاَ قِ، وَالْأعْمَالِ، وَالْأھْوَاءِ 

ނުބައި އަޚްލާޤާއި ނުބައި ޢަމަލުތަކާއި ނުބައިކަންކަން ކުރަން ބޭނުންވުމުން (އެފަދަ ކަންކަމަށް ޝައުޤުވެރިވުމުން) ސަލާމަތް ކުރައްވަވައިދެއްވެވުން އެދި މިފަދައިން ދުޢާ ކުރާށެވެ! މިދުޢއަކީ އަލްތިރްމިޛީގައި ބަޔާންވެގެންވާ ޙަދީޘްފުޅެއްގައިވާ ދުޢާއެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން