ޘަވާބު ހޯދޭނެ ފަސޭހަ މަގުތަކުގެ ތެރެއިން: މީހަކަށް އެއްވެސް ހެޔޮކަމެއް ކޮށްދެވެން ނެތް މީހާއަށްވެސް ހެޔޮކަންކުރިކަމުގެ ސަވާބު ހޯދުމުގެ ފުރުޞަތު -

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ޘަވާބު ހޯދޭނެ ފަސޭހަ މަގުތަކުގެ ތެރެއިން: މީހަކަށް އެއްވެސް ހެޔޮކަމެއް ކޮށްދެވެން ނެތް މީހާއަށްވެސް ހެޔޮކަންކުރިކަމުގެ ސަވާބު ހޯދުމުގެ ފުރުޞަތު -

އަހުރެމެންގެ ތެރެއިން ބައެއް މީހުންނަކީ މީހަކު ބޭނުންވެގެން އަންކަމެއް ކޮށްދެވޭނެ ޙާލަތުގައި ތިބޭ ބައެއް ނޫނެވެ. އަތުގައި ތަނަވަސްކަން ނެތް ޙާލުގަ ޢުމުރުން ދުވަސްވެ ގައިބާރު ދެރަވުމާއި އަތުގައި އެއްވެސް އެއްޗެއް ނެތުމާއި ނުކުޅެދުންތެރިކަން ހުރުން ފަދަ ކަންކަމާއި ގުޅިގެންވެސް މިފަދަ ޙާލަތު މެދުވެރިވެއެވެ.

މިޙާލަތުގައި ވެސް އެމީހާއަށް އެހެން މީހުންނަށްޓަކައި ކޮށްދެވިދާނެ ހެޔޮ ޢަމަލު ރަސޫލް ﷺ ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. އެއީ އެހެން މީހަކަށް އެއްވެސް ގޯނާއެއް، ނުކުރުމެވެ. އަނިޔާއެއް ނުކުރުމެވެ. ގެއްލުމެއް ނުދިނުމެވެ.

ތިމާގެ ގައިގައި ބާރުހުރިނަމަ އެހެން މީހުންނަށް ހެޔޮ ކަންކަން ކޮށްދޭށެވެ. ތަނަވަސްކަންހުރިނަމަ އެހީތެރިވެދޭށެވެ. އެއްވެސް މީހަކަށް އަނިޔާއަކަށްވާނެ އެއްވެސް ކަމެއް ނުކުރާށެވެ. އަދި އެއްވެސް މީހެއްގެ ހިތުގައި ޖެހޭފަދަ ބަހެއްވެސް ނުބުނާށެވެ. ޣީބަ ނުބުނާށެވެ. ޙަދީޘްފުޅުގައިވާފަދައިން އެމީހާގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މީހުން ސަލާމަތްވެގެންވާ މީހަކަށްވެވޭނީ އެއިރުންނެވެ.

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން